ޢައްޒާގެ ރެފިއުޖީ ކޭމްޕެއް: ފޮޓޯ/ އީސީއެފްއާރު
ދުނިޔެ
30 May 2025 | 08:46
އިޒްރޭލުގެ ހަމަލާއެއް އަނެއްކާވެސް ޢައްޒާގެ ރެފިއުޖީ ކޭމްޕަކަށް

އިޒްރޭލުގެ ޔަހޫދީ ސިފައިން އަނެއްކާވެސް ޢައްޒާގެ ރެފިއުޖީ ކޭމްޕަކަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފިއެވެ.

އިޒްރޭލުން ރެފިއުޖީ ކޭމްޕަށްދިން މި ހަމަލާގައި 23 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެ އެކަނިވެސް ޢައްޒާއަށް ދިން ހަމަލާތަކުގައި ޖުމުލަ 55 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.

މީގެ ތިން ދުވަސް ކުރިންވެސް އިޒްރޭލުގެ ސިފައިން ވަނީ ޢައްޒާގެ ރައްޔިތުން ހިޔާވަހިކަން ހޯދަމުންދިޔަ ސްކޫލަކަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފައެވެ. އެހަމަލާގައި ވަނީ ޖުމުލަ 36 ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލާފައެވެ. އިޒުރޭލުން ބުނާގޮތުގައި މިފަދަ ތަންތަނަށް ހަމަލާދެނީ ހަމާސްގެ ހަނގުރާމަވެރިން ފިލުމަށް އެތަންތަން ބޭނުންކުރާތީއެވެ. އެހެންނަމަވެސް ހަމާސްއިން އިޒްރޭލުގެ އެ ތުހުމަތުތައް ދޮގުކުރެއެވެ. އިޒްރޭލުން އެފަދަ ތުހުމަތުތައް ކުރަމުންދިޔަ ނަމަވެސް ޔަހޫދީ ސިފައިންނަށްވެސް އެބާވަތުގެ ތުހުމަތުތައް އޮތީ ޔަގީންކޮށް ނުދެވިއެވެ. ފަލަސްޠީނުގެ ހައްޤުތައް ހިމާޔަތްކުރުމަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާގޮތުގައި، އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަނީ ނަސްލު ނައްތާލުމަށް ހިންގާ ލާއިންސާނީ ޤަތުލުއާންމުތަކެވެ.

އިޒްރޭލުން ދަނީ ޢައްޒާގެ އިތުރުން ހުޅަނގު އައްސޭރީގައިވެސް ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ދަނީ ލާއިންސަނީ ހަމަލާތަށް ދެމުންނެވެ. އެގޮތުން ޢައްޒާއަށް ކާބޯތަކެއްޗާއި ބޭސް ފަރުވާއަށް ބޭނުންވާ ތަކެތި ވެއްދުމަށް ދަނީ ހުރަސް އަޅަމުންނެވެ. 

އިޒްރޭލުން ޢައްޒާއަށް ހަމަލާދެމުންދާތާ މިހާރު އެއް އަހަރާއި 6 މަސް ވަނީ ވެފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ކުން ފެށިގެން އިޒްރޭލުން ޢައްޒާއަށް ދަނީ ހަމަލާދެމުންނެވެ. މި ހަމަލާތަކުގައި ފަލަސްޠީނުގެ 54،000 މީހުންވަނީ ޝަހީދުވެފައެވެ. ޢައްޒާގެ މީޑިޔާ އޮފީހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި އަދަދު 61،700 އަށްވުރެ ގިނަވާނެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.