އެމްޓީޑީސީން ހަދަމުންދާ ޓަވަރު..
ވިޔަފާރި
31 May 2025 | 14:59
އެމްޓީޑީސީން އަންނަ އަހަރުގެ އޭޖީއެމް ބާއްވާނީ، އެކުންފުނީގެ އަމިއްލަ ޓަވަރުގައި: ނިޔާޒް

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން އަންނަ އަހަރު އޭޖީއެމް ބާއްވާނީ އެކުންފުނިން މިހާރު ހުޅުމާލޭގައި ހަދަމުން އަންނަ އަމިއްލަ އިމާރާތުގައިކަމަށް މެނޭޖިންގ ޑިރެކްޓަރު އަހުމަދު ނިޔާޒް ވިދާޅުވެއްޖެއެވެ.

އެމްޓީޑީސީގެ ިމިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ އެކުންފުނިން ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީ ތަރައްޤީކުރަމުން އަންނަ ހެޑް އޮފީހުެގ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާލެވޭނޭކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް އެމްޓީޑީސީ ޓަވަރުގެ ސްޓްރަކްޗަރ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާކަމަށެވެ. އެކަމުގެ ހުރިހާ މަސައްކަތެއް ފަހުކޮޅު ނިންމާލެވޭނޭކަމަށް ނިޔާޒް ވިދާޅުވިއެވެ.

އެމްޓީޑީސީ ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، އެ ޓަވަރު ތަރައްޤީކުރަނީ ވިޔަފާރީގެ އުސޫލުން ފަންގިފިލާތައް ކުއްޔަށްދޭ ގޮތަށެވެ. ނިޔާޒް ވިދާޅުވީ މިހާުވެސް ޓަވަރުގެ އެކި އެކި ފަންގިފިލާތައް ކުއްޔަށް ދޫކުރުމުގެ ކަންކަން ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. 

އެމްޓީޑީސީ އިމާރާތް ހުންނާނޭ ގޮތުގެ ކުރެހުމެއް

އެމްޓީޑީސީއަކީ ޓޫރިޒަމްގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށްޓަކައި ރައީސް މައުމޫނުގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. އެމްޓީޑީސީއަށް 19 އަހަރު ވެގެންދިޔައިރު، އެކުންފުނިން ވަނީ އައްޑޫސިޓީގައި ހެރެތެރެ ނަމުގައި ރިސޯޓެއްވެސް ހިންގުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ މަޝްރޫޢު ފްލޮޕްވެގެން ދިޔައިރު، ދެން އެކުންފުނިން މަސައްކަތްކުރީ އުލިގަމުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރާށެވެ. ނަމަވެސް އެ މަޝްރޫޢުގެ ދަށުން އިމާރާތުގެ ސްޓްރަކްޗަރގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓި، އެ ޕްރޮެކްޓްވެސް ވަނީ ފްލޮޕްވެފައެވެ.

ސަރުކާރުން އެމްޓީޑީސީއަށް ރިސޯޓް ތަރައްޤީކުރުމަށް ގިނަ ރަށްތަކެއް ދިންނަމަވެސް އޭގެ ތެރެއިން ރިސޯޓް ތަރައްޤީކޮށް ހިންގަމުން އަންނަނީ ދެ ރަށެއްގައެވެ. ނަމަވެސް އެއީ އަޔާޑާ މޯލްޑިވްސް އާއި އަނަންތަރާ ހިހަވަށް ވިލާސް އެވެ. ނަމަވެސް އެ ދެ ރިސޯޓްވެސް ހިންގަމުން އަންނަނީ އެހެން ކުންފުނިތަކުންނެވެ. އެހެންކަމުން އެ ދެ ރިސޯޓުންވެސް އެމްޓީޑީސީއަށް ލިބެންވާ ވިޔަފާރީގެ ނަފާ ނުލިބޭކަމަށް ހިއްސާދާރުން ފާހަގަކުރެއެވެ.

އެމްޓީޑީސީގެ މިހާރުގެ މެނޭޖްމަންޓުން ބުނާގޮތުގައި އެކުންފުނި ހިންގުމަށް 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމަޔަށް މާލީގޮތުން ގޮންޖެހުންތައް ދިމާވިނަމަވެސް މިހާރު އެކުންފުނި އޮތީ ވަރަށް ރަނގަޅު ހާލަތެއްގައެވެ. އެގޮތުން ހދ.ނާގޯށި މަސައްކަތް ފެށި އެރަށް ހުޅުވިގެން ދިއުމާއެއެކު އެމްޓީޑީސީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނޭކަމަށް އެމްޓީޑީސީގެ މިހާރުގެ މެނޭޖްމަންޓުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.