އިންޑިގޯ... ފޮޓޯ: މުމްބާއީ ޕްލޭންސް
ވިޔަފާރި
02 Jun 2025 | 11:08
އިންޑިގޯ އިތުރަށް ފުޅާކުރުމަށް އެއްބަސްވުމަކާ ހަމަޔަށް އަތުވެއްޖެ

އިންޑިއާގެ އެންމެ ބޮޑު އެއަރލައިން އިންޑިގޯއިން އެ އެއަރލައިންގެ ނެޓްވޯކް ފުޅާކުރުމަށް ބޭރުގެ ބޮޑެތި ބައެއް އެއަރލައިންތަކާއެކު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އިންޑިގޯގެ ދިގުރާސްތާ ފްލައިޓްތައް އުތުރު އެމެރިކާއާއި ޔޫރަޕަށް އިތުރުކުރުމަށް އެ އެއަރލައިނުން އެއްބަސްވުންތަކަށް އައިސްފައިވަނީ އެއަރފްރާންސް – ކޭ.އެލް.އެމް ގްރޫޕާއި، ވަރޖިން އެޓްލާންޓިކް އަދި ޑެލްޓާ އެއަރލައިންއާއެކުއެވެ. އިންޑިގޯއަކީ މިހާރުވެސް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ވައިގެ ދަތުރުފަތުރުގެ މާކެޓްކަމަށްވާ އިންޑިއާގައި އެންމެ ފުޅާ ޑޮމެސްޓިކް ނެޓްވޯކް އޮތް އެއަރލައިނެވެ. އަދި އެކުންފުނިން ދަނީ ބައިނަލްއަޤްވާމީ މާކެޓްގެ ނެޓްވޯކް އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރަމުންނެވެ.

އެއަރލައިންތަކާއެކު ހެދުނު އެއްބަސްވުމާއެކު ކޯޑް ޝެއަރ އުސޫލުން އިންޑިގޯގެ ނަމުގައި މި އެއަރލައިންތަކުން އިންޑިގޯއަށް ސީޓް ވިއްކޭނެއެވެ. އަދި އެމްސްޓަޑަމް އަދި މެންޗެސްޓަރފަދަ މަންޒިލްތަކުން ޔޫރަޕާއި އުތުރު އެމެރިކާގެ އެހެން މަންޒިލްތައް އެއެއަރލައިންތައް މެދުވެރިކޮށް އިންޑިގޯގެ ދަތުރުވެރިންނަށް ހުޅުވާލެވޭނެއެވެ.

އިންޑިގޯގެ ޑޮމެސްޓިކް ފްލައިޓްތަކުގައި މިހާރުވެސް ވަރޖިން އެޓްލާއިންޓިކް އަދި އެއަރފްރާންސް – ކޭ.އެލް.އެމް އާއެކު ކޯޑް ޝެއަރ ކުރެއެވެ.

އިންޑިގޯގެ ފްލައިޓެއް... ފޮޓޯ: ވޮއިސް

އިންޑިގޯގައި މިހާރުވެސް 400 މަތިންދާބޯޓު އޮތް އިރު، އެކުންފުނީގެ އަމާޒަކީ ފްލައިޓްތަކާއި ރޫޓްތައް އިތުރުކޮށް، 2030 ގެ ނިޔަލަށް ފްލީޓް ސައިޒް 600 އަށް އިތުރުކުރުމަށެވެ. އިންޑިގޯގެ ބައިނަލްއަޤްވާމީ ނެޓްވޯކް ފުޅާކުރަމުންދާ މިންވަރާއި ގާތަށްވެސް މަތިންދާބޯޓު އުފައްދާ ކުންފުނިތަކަށް މަތިންދާބޯޓު ޑެލިވަރކޮށް ނުދެވޭތީ، އެ އެއަރލައިނުން މިހާރުވެސް ގެންދަނީ ކުއްޔަށް މަތިންދާބޯޓު ނަގައިގެން ދުއްވަމުންނެވެ. އެގޮތުން އަންނަ އަހަރު ކުރީކޮޅު ނޯޒް އެޓްލާންޓިކް އެއަރލައިނުގެ ބޮއިން 787 މަރުކާގެ 6 މަތިންދާބޯޓު ކުއްޔަށް ނަގާނެއެވެ.

އަނެއްކޮޅުން، އިންޑިއާއާއި ތުރުކީވިލާތާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގައި، ޓަރކިޝް އެއަރލައިނުން އިންޑިގޯއަށް ކުއްޔަށް ދޫކޮށްފައިވާ މަތިންދާބޯޓުތަކުގެ އެއްބަސްވުން އަންނަ އޮގަސްޓް މަހަށްފަހު އިތުރުކޮށް ނުދޭނެކަމަށް އިންޑިއާގެ ސިވިލް އޭވިއޭޝަނާއި ބެހޭ އިދާރާއިން ވަނީ އަންގާފައެވެ. އިންޑިއާއާއި ތުރުކީވިލާތާ ދެމެދު މަސްރަހު ގޯސްވީ، ދާދިފަހުން ހަނގުރާމަވެރިންގެ ބަޔަކު ކަޝްމީރުގެ އިންޑިއާ ފަޅީގައި ހަމަލާދީ ބަޔަކު މަރާލި ހާދިސާގެ ބަދަލުހިފުމުގެ ގޮތުން އިންޑިއާއިން ޕާކިސްތާނަށް ހަމަލާދިނުމުން، ތުރުކީވިލާތުން ޕާކިސްތާނުކޮޅަށް އެރުމާއި ގުޅިގެންނެވެ.

އިންޑިގޯގެ ނެޓްވޯކް އެކުންފުނިން ފުޅާކުރަމުން އަންނައިރު، އިންޑިއާގެ ފްލެގް ކެރިއަރ، އެއަރ އިންޑިއާއިން ސިންގަލް އައިލް 200 މަތިންދާބޯޓު ގަތުމަށް ބޮއިން އަދި އެއަރބަސްއާއެކު މަޝްވަރާކުރަމުން އަންނަކަން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.