ދުނިޔެ
03 Jun 2025 | 09:36
މިއަހަރު ޙައްޖުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށްޓަކައި ބޭނުންކުރާނީ އޭއައި އަދި ސްމާޓް ޓެކްނޮލޮޖީ

މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް މިލިއަނަކަށްވުރެ ގިނަ ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ޙާޖީންނަށް ޙައްޖުގެ ކަންކަން ފަސޭހަކޮށް ދިނުމަށްޓަކައި އޭއައި އަދި ސްމާޓް ޓެކްނޮލޮޖީގެ ހިދުމަތް ދިނުމަށް ސަޢުދީ ޢަރަބިއްޔާއިން ނިންމައިފިއެވެ.

ފާހަަގަކޮށްލަން ޖެހޭ ކަމަކީ މިއީ ޙައްޖުގެ އަޅުކަމުގެ ކަންތަށް އިތުރަށް ފަސޭހަ ކުރުމަށްޓަކައި މި ފަދަ އާލާތްތައް ބޭނުން ކުރާ ފުރަތަމަ ފަހަރެވެ. މީގެ ތެރޭގައި އޭއައި ރޮބޮޓެއް ވެސް ހިމެނެއެވެ. މި ރޮބޮޓަކީ ޙައްޖުވެރިންނަށް ބޭނުންވާ މަޢުލޫމާތު ފޯރުޮކޮށް ދިނުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ ރޮބޮޓެކެވެ. މި ރޮބޮޓުގައި ތަޗް ސްކްރީނެއް ހަރުކޮށްފައި ވާއިރު، 5ޖީ ނެޓުވޯކު އެ ރޮބޮޓަށް ލިބެއެވެ. އަދިހަމައެހެންމެ، އެރޮބޮޓުގައި ކެމެރާ ވެސް ހަރުކޮށްފައި ހުރެއެވެ.

މީގެއިތުރުން ތަފާތު އެކި ސެންސަރުތަކާއި ގޭޓް ރީޑަރުތަކާއި އަދި ސާވައިލެންސް ނިޒާމު ބޭނުން ކޮށްގެން ޙާޖީންގެ ހަރަކާތްތަށް ކަމާގުޅޭ އިދާރާތަކުން ވަގުތުން ބަލަމުން ފާހަގަ ކޮށްލެވެއެވެ. މި ފަދަ ޓެކްނޮލޮޖީގެ އާލާތްތަށް ބޭނުން ކޮށްގެން މީހުން ގިނަ ސަރަޙައްދުތައް ފާހަގަ ކުރުމަށް ފަސޭހަވެގެންދިޔުމުގެ ފުރުސަތު ބޮޑުވާނެއެވެ.

މި ހުރިހާ މަޢުލޫމާތެއް ލިބެމުންދާ ވަރަކުން އޭއައި ސޮފްޓްވެއަރތަށް ބޭނުން ކޮށްގެން މުހިންމު ކަންކަން ކަމާބެހޭ އިދާރާތަކުން ދެނެގަންނަމުން ދާނެއެވެ. މި މަޢުލޫމާތުތަކުގެ ބޭނުން ކޮށްގެން، ފިތިބާރުވުން ފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ވަގުތުން ފިޔަވަޅު އަޅަން ފަސޭހަވެގެން ދާނެއެވެ.

އަދިހަމައެހެންމެ، ޙައްޖުވެރިންނަށް މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މައި ތަންތަނުގައި އެކި ޤަައުމުތަކުގެ ބަސްބަހުން ލިޔެފައިވާ ސްމާޓް ސްކްރީންތައް ވެސް ކަމާބެހޭ ފަރާތްތަކުން ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. އަދި ކީރިތި ޤުރުއާން އުނގެނުމަށް އެހީތެރިވެދޭ ޑިޖިޓަލް ޕްލެޓްފޯމެއް ވެސް ޤާއިމު ކޮށްފައި ހުންނާނެއެވެ.

އެހެންކަމުން މިއަހަރުގެ ޙައްޖު ވެގެންދާނީ ޙާޖީންނަށް އެންމެ ލުއިފަސޭހަ އަދި އެންމެފަހުގެ ޓެކޮނޮލޮޖީ ހިދުމަތްތަށް ލިބޭނޭ ޙައްޖަކަށް ވެގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް