އިޒުރޭލުން ޣައްޒާއަށް ދިން ހަމަލާއެއްގައި އިމާރާތެއް ބިމާ ހަމަވެފައި. ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
03 Jun 2025 | 12:14
އިޒްރޭލުގެ ހަމަލާއެއް އަނެއްކާވެސް އެހީގެ ތަކެތި ބަހަމުންދިޔަ ސަރަހައްދަކަށް

ނިރަބުވެރި އިޒްރޭލުގެ ސިފައިން، ޣައްޒާގެ އަވަށެއް ކަމުގައިވާ ތަލް އަލް-ސުލްތާން އަވަށުގައި ހުރި އިންސާނީ އެހީ ފޯރުކޮށްދޭ ތަނަކަށް އަމާޒުކޮށް އަނެއްކާވެސް ހަމަލާދީފިއެވެ.

މިހާދިސާ ހިނގާފައިވަނީ ހޯމަދުވަހުގެ ވަގުތެއްގައި ކަމަށް މީޑިޔާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

މިހަމަލާގައި ތިން މީހަކު ޝަހީދުވެފައިވާއިރު 50 މީހުން ވަނީ ޒަހަމްވެފައެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭކަމަށާއި ޒަހަމްވި މީހުންގެ ތެރެއިން ގިނަމީހުން ޒަހަމް ވެފައިވަނީ ގަޔަށް ވަޒަން އެރުމުގެ ސަބަބުންކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، އިޒްރޭލުން ދަނީ ހުއްޓުމެއްނެތި ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އެތަކެއް ލާއިންސާނީ ހަމަލާތަކެއް ދެމުންނެވެ. އަދި މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތަށް ދިނުމާއި، އެހީގެ ޓުރަކުތަށް ޣައްޒާގެ އެތެރަޔަށް ވަނަ ނުދީ ފަލަސްޠީނުގެ ރައްޔިތުން ބަނޑަށް ޖެއްސުމާއި، ސާފު ފެނުން ވެސް ވަނީ މަހްރޫމުކޮށްފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ކޮންމެ ދުވަހަކު އެތަކެއް ބަޔަކު ދަނީ ޝަހީދުވަމުންނެވެ. މިކަމުގެ ސަބަބުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ވަނީ އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ހަމަލާތަށް ހުއްޓާލުމަށް ގޮވާލާފައެވެ. އެހެންނަމަވެސް ޔަހޫދީ އިޒްރޭލުން ހުރީ ހަނގުރާމަ ހުއްޓާލާ ގޮތަކަށްނޫނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް