އިޒްރާއީލްގެ ހަމަލާގައި ޝަހީދުވި ފަލަސްތީނުގެ ނޫސްވެރިޔާ، އިސްމާއީލް ބަދާހް... ފޮޓޯ: ސޯޝަލް މީޑިއާ
ދުނިޔެ
05 Jun 2025 | 20:10
އިޒްރޭލުން އަލް-އަހްލި ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 4 ނޫސްވެރިއަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ޣައްޒާގެ ހޮސްޕިޓަލެއް ކަމުގައިވާ އަލް-އަހްލި ހޮސްޕިޓަލް ނުވަތަ ބެޕްޓިސްޓް ހޮސްޕިޓަލަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއެއްގައި 4 ނޫސްވެރިއަކު ޝަހީދުކޮށްލައިފިއެވެ.

އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ސިލްސިލާ ހަނގުރާމައިގެ ތެރެއިން މިއަދު އެކަނިވެސް ވަނީ، ފަލަސްޠީނުގެ 23 ރައްޔިތަކު ޝަހީދު ކޮށްލައިފައެވެ. މީގެ ތެރެއިން އަލް-އަހްލި ހޮސްޕިޓަލަށް ދިން ބޮމުގެ ހަމަލާގައި 4 ނޫސްވެރިއަކު ވަނީ ޝަހީދުކޮށްލާފައެވެ. އިޒްރާއީލްގެ ހަމަލާގައި ޝަހީދުވި ނޫސްވެރިންގެ ތެރޭގައި ފަލަސްތީނުގެ ނޫސްވެރިޔާ، އިސްމާއީލް ބަދާހް ހިމެނޭކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމުއިއްޔާ ޖަމާއަތްތަކުން ދަނީ އިޒްރޭލްގެ އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލަމުންނެވެ. އެހެންނަމަވެސް ހައްދުފަހަނައެޅި ޔަހޫދީ އިޒްރޭލުގެ ސިފައިންދަނީ ދުވަހަކަށްވުރެ ދުވަހެއް ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ދެމުންދާ ހަމަލާތަށް އިތުރުކުރަމުންނެވެ.

އިޒްރޭލުގެ ސިފައިންދަނީ ޣައްޒާގެ އިންސާނީ އެހީ ފޯރުކޮށްދޭ ތަންތަނަށް އަމާޒުކޮށްގެން އެތަކެއް ހަމަލާތަކެއް ދެމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް 95 ފަލަސްޠީނުގެ ރައްޔިތުން އިޒްރޭލުގެ ސިފައިންވަނީ ޝަހީދުކޮށްލާފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ކުން ފެށިގެން ދެފަރާތުންވެސް ހަމަލާތަށް ބަދަލުކުރަމުންދާއިރު، މިހަމަލާތަކުގައި ފަލަސްޠީނުގެ 55،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 12،6000 އެއްހާ މީހުން ވަނީ ޒަހަމްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ