ޝައިޚު ޑޮކްޓަރު ސާލިހު ބިން އަބްދުﷲ ބިން ހަމީދު އަރަފާތު ހުތުބާ ދެއްވަނީ... ފޮޓޯ: ސްކްރީން ޝޮޓް
ދީން
05 Jun 2025 | 16:04
އަނބިންނަށް އެހީތެރިވުމުގައި ފިރިމީހާގެ ވަގުތުތައް ތަރުތީބުކުރަންވާނެ: އަރަފާތު ހުތުބާ

އަނބިންނަށް އެހީތެރިވުމުގައި ފިރިމީހާގެ ވަގުތުތައް ތަރުތީބުކުރަންވާނޭކަމަށް މިއަދުގެ އަރަފާތު ހުތުބާ (ހައްޖު ހުތުބާ) ގައި ވިދާޅުވެއްޖެއެވެ.

މަސްޖިދުއްނަމިރާގައި މިއަދު ދެއްވި ޙައްޖު ޚުތުބާ ގައި ޝައިޚު ޑޮކްޓަރު ސާލިހު ބިން އަބްދުﷲ ބިން ހަމީދު ވަނީ އިސްލާމްދީނުގައި އަންހެނުންގެ ހައްޤުތައް އަދާކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އަގުހުރި ނަސޭހަތްތަކެއް ދެއްވާފައެވެ. ޝެއިހްގެ ހުތުބާ ދެއްވަމުން ވިދާޅުވިއެވެ. އަންހެނުންގެ ހައްޤުތަކާ ގުޅޭގޮތުން ކީރިތި ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގައި ވެއެވެ. "ތިޔަބައިމީހުންގެ އަންހެނުންތަކާމެދު ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ"

ފިރިހެނުންގެ މައްޗަށް އެމީހުންގެ ބެލުމުގެ ދަށުގައިވާ އަންހެނުން ޒިންމާދާރުކަމާއެކީ ބެލުމަކީ ﷲ ލާޒިމްކުރައްވާފައިވާ ކަމެއްކަން ފާހަގަކުރަމުން ހުތުބާގައި ވިދާޅުވެފައިވަނީ، އެއީ ފިރިހެނުންގެ މައްޗަށް އޮތް ޒިންމާއެއްކަމަށާއި އެ ޒިންމާ އަދާނުކުރާ ކަމުގައި ވަނީނަމަ، ﷲ ތައާލާގެ ދަރުބާރުގައި ޖަވާބުދާރީވާން ޖެހޭނޭކަމަށެވެ. ސީދާ އަނބިމީހާގެ ވާހަކައާ ގުޅޭގޮތުން މާތް ނަބިއްޔާގެ ހަދީސް ބަސްފުޅެއްގެ މާނައިގައި ވަނީ ތިޔަބައިމީހުން އެކަނބަލުން ހޯދައިގެންފައިވަނީ ﷲގެ ތައާލާ ދެއްވި އަމާނާތްތެރިކަމާ އެކުގައެވެ.

މި ހަދީސްއާ ގުޅޭގޮތުން ހުތުބާގައި އިތުރަށް ވިދާޅުވެފައިވަނީ، އެބަހީ ތިޔަބައިމީހުން މީހަކާ ކައިވެނިކުރުމަށް ފަހުގައި އޭނާޔަށް ގެއްލުމެއް ދީގެން ނުވާނެކަމަށާއި، އަދި އޭނާ އެކަނިވެރިކޮށްގެން ނުވާނޭ ކަމަށެވެ. ފިރިމީހާގެ ހައްގުތައް ވާފަދައިން އަނބިމީހާގެ ހައްގުތަކެއް ވެއެވެ. އަނބިންގެ ހައްގުތައް އަދާކޮށްދޭން ވާނެއެވެ އެމީހުންނަށް ވަގުތު ދޭންވާނެއެވެ، ދަރިން ތަރުބިއްޔަތުކުރުމަށްޓަކައި އަނބިންކުރާ ބުރަ މަސައްކަތުގައި ފިރިމީހާ ބައިވެރިވާން ވާނެއެވެ. އެގޮތުން އަނބިންނަށް އެހީތެރިވުމުގައި ފިރިމީހާގެ ވަގުތުތައްް ތަރުތީބުކުރަން ވާނޭކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ.

މިއީ އަޅުގަނޑުމެންނަށް ނުކުރެވޭނޭކަމެއް ނޫންކަން ފާހަގަ ކުރައްވަމުން ހުތުބާގައި ވިދާޅުވީ، މާތް ނަބިއްޔާ ވަނީ, އަޅުގަނޑުމެންނަށް މިކަމަށް ވަސިއްޔަތް ކުރައްވާފައި ކަމަށެވެ.

މިއަދުގެ ހައްޖު ހުތުބާގައި ވަނީ ތަގުވާވެރިވުމާ ގުޅޭގޮތުންވެސް އަގުހުރި ދަރުސްތަކެއް ދެއްވާފައެވެ. އެގޮތުން ﷲގެ ހަޒްރަތުގައި އެންމެ ހެޔޮކަންބޮޑުވެގެންވާ މީހާއަކީ އެންމެ ތަގުވާވެރި މީހާކަމަށާއި، މިކަމުގައި މީހެއްގެ ހައިސިއްޔަތަކަށް ބެލުމެއް ނެތްކަަށްވެސް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

ހައްޖުވެރިން އަރަފާތު ބިމުގައި ތިބުމަށްފަހު އިރުއޮއްސެން ފެށުމާއެކު ދެން ދާނީ މުޒްދަލިފާ އަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.