މޯލްޑިވިއަންގެ ފްލީޓަށް އިތުރުވާ އައު އޭޓީއާރު ގެނައުމުގެ ކުރިން ބޯޓުގެ ކެޕްޓަނުން... ފޮޓޯ: މޯލްޑިވިއަން
ވިޔަފާރި
06 Jun 2025 | 10:02
މޯލްޑިވިއަންގެ ފްލީޓަށް އިތުރު ބޯޓެއް

ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް ގެނައުމަށް ނިންމި އޭޓިއާރު ބޯޓު ރާއްޖެ އައުމުގެ ދަތުރު ފަށައިފިއެވެ.

އޭޓީއާރް 600-42 މަރުކާގެ މި ބޯޓު ރާއްޖެ އައުމަށްޓަކައި ދަތުރު ފަށާފައިވަނީ ފަރަންސޭސިވިލާތުގެ ޓުލޫސުން އިއްޔެގެ ވަގުތެއްގައެވެ. މޯލްޑިވިއަނުން ބުނީ ރާއްޖެ އައުމުގެ ކުރިން ތިން މަންޒިލަކަށް މި ބޯޓު ޖައްސާނޭކަމަށެވެ. އެއީ ތެއޮ އެޅުމަށާއި އެނޫންވެސް ބަލަންޖެހޭ ކަންކަން ބެލުމަށެވެ. ނަމަވެސް ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާނޭ ދުވަހެއް މޯލްޑިވިއަނުން ބުނެފައެއް ނުވެއެވެ.

މޯލްޑިވިއަނުން ގެންނަ އޭޓީއާރް 600-42 މަރުކާގެ މި ބޯޓަކީ ޑޮމަސްޓިކް ދަތުރުތައް ފުޅާކުރުމުގެ ގޮތުން ގެންނަ ބޯޓެކެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭވިއޭޝަނުން ވަނީ އެ އެއާލައިނުން ބޭނުންކުރަމުން އަންނަ ޑޭޝް މަރުކާގެ ބޯޓުތައް އޭޓީއާރަށް ބަދަލުކުރުމުގެ މަސައްކަތް މިދިޔަ އަހަރުތަކުގައި ފަށާފައެވެ. އެގޮތުން އޭޓީއާރު ތިން ބޯޓު ހޯދުމަށް މިދިޔަ އަހަރު އިއުލާނުކޮށްފައިވާއިރު، އެއަހަރުގެ ތެރޭގައިވެސް ވަނީ އޭޓިއާރު މަރުކާގެ ބޯޓެއް ގެނެސްފައެވެ. އެއާއެކު މޯލްޑިވިއަންގެ އޮޕަރޭޗަންތަކުގައި މިހާރުވެސް އޭޓީއާރު މަރުކާގެ 4 ބޯޓު ބޭނުންކުރެއެވެ. 

މޯލްޑިވިއަންގެ ފްލީޓްގައި 25 ހަށްވުރެ ގިނަ ބޯޓު ބޭނުންކުރަމުން އަންނައިރު މީގެ ތެރޭގައި އެއާބަސް މަރުކާގެ ދެ ބޯޓާއި، ޑޭޝް އަދި ޓްވިން އޮޓަރ މަރުކާގެ ބޯޓުތައް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.