އިޒްރޭލުގެ ބޮމުގެ ހަމަލާއެއްގައި ޣައްޒާގެ އިމާރާތްތަކެއް ސުންނާފަތިވެފައި. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
07 Jun 2025 | 15:25
އިޒްރޭލުން ދިން ހަމަލާއެއްގައި ފަލަސްޠީނުގެ 6 މީހުން ޝަހީދުވެއްޖެ

އަނިޔާވެރި އިޒްރޭލުގެ ސިފައިން އަނެއްކާވެސް ޣައްޒާގައި ހުރި އިންސާނީ އެހީ ފޯރުކޮށްދޭ ތަނަކަށް އަމާޒުކޮށް ހަމަލާތަކެއްދީފިއެވެ. 

މިހަމަލާ ދީފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޣައްޒާގެ ދެކުނުގައި ހުރި އިންސާނީ އެހީ ފޯރުކޮށްދޭ ތަނަކަށް އަމާޒުކޮށެވެ. މިހަމަލާގައި ފަލަސްޠީނުގެ 6 މީހުން ވަނީ ޝަހީދުވެފައެވެ. އިޒްރޭލުންދަނީ ޣައްޒާގައި ހުންނަ މިފަދަ އިންސާނީ އެހީ ފޯރުކޮށްދޭތަންތަނަށް އަމާޒުކޮށް ހުއްޓުމެއްނެތި ކޮންމެ ދުވަހަކުވެސް ހަމަލާދީ އެތަކެއް ލާއިންސާނީ ޢުދުވާންތަކެއް ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންނެވެ.

އިޒްރޭލުން މިފަދަ ހަމަލާތަށް ހުއްޓުމެއްނެތި އިންސާނީ އެހީ ފޯރުކޮށްދޭ ތަންތަނަށް އަމާޒުކޮށްގެން ދިނުމުގެ ސަބަބުން، ޣައްޒާގެ ހިއުމަނިޓޭރިއަން ފައުންޑޭޝަނުން ވަނީ ޣައްޒާގައި ހުރި އިންސާނީ އެހީ ފޯރުކޮށްދޭ ތަންތަން ބަންދުކުރުމަށް ނިންމާފައެވެ.

ޣައްޒާގައި މިހާރު އިންސާނީ ކާރިސާއެއްގެ ހާލަތު ކުރިމަތިވެފައިވާ ކަމަށް ބައިނަލްއަގުވާމީ ޖަމުޢިއްޔާ ޖަމާއަތްތަކުންނާއި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި މިހަމަލާތަކުގައި ޝަހީދުވެފައިވާ ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ. 

ޣައްޒާގެ ހެލްތް މިނިސްޓުރީން ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުންފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޖުމުލަ 54،677 މީހުން ވަނީ ޝަޙީދުވެފައެވެ. އަދި 125،530 މީހުން ވަނީ މިހަމަލާތަކުގައި ޒަހަމްވެފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި މިއަދަދު މިއަށްވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ސުންނާފަތިވެފައިވާ އިމާރަތްތަކުގެ ދަށުގައި ވެސް އެތަކެއް ބަޔަކު ތާށިވެފައިވުމާއެކު އެމީހުން މިހާރު ދުނިޔޭގައި ހުރުމުގެ ފުރުސަތު މިހާރު ނެތުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް