ހައްޖުވެރިން ޖަމްރާއަށް ހިލައުކަން ދިއުމުގައި...
ހަބަރު
08 Jun 2025 | 10:51
އެހެން އަހަރުތަކަށްވުރެ، ހައްޖުގެ އިންތިޒާމުތައް މިފަހަރު ރަނގަޅު: ޑރ.ޝަހީމް

ކުރީއަހަރުތަކަށްވުރެ މިފަހަރު ދިވެހި ހައްޖުވެރިންގެ އިންތިޒާމުތަށް މާބޮޑަށްވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ދިވެހި ހައްޖުވެރިންނަށް އިންތިޒާމްތައް ހަމަޖެހިފައިހުރިގޮތާ ގުޅޭގޮތުން މީޑިއާ އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ކުރީ އަހަރުތަކަށްވުރެ، މިފަހަރު ހައްޖު މޫސުމުގައި ދިވެހި ހައްޖާޖީގެ އިންތިޒާމުތައް ރަނގަޅުކަމަށް ހައްޖުވެރިންގެ ފަރާތުންވެސް އަޑުއިވިފައިވާކަމަށެވެ. ޝަހީމް ވިދާޅުވީ އެތައް ބަޔަކު ބައިވެރިވާ ހައްޖުގެ ފުރިހަމަ ކޮންޓްރޯލް އޮންނަނީ ސައުދީ ސަރުކާރުގެ އަތްމަތީގައި ކަމަށާއި، ދިވެހިން ބައެއް ކަންކަން ހާސިލްކުރަން ބޭނުންވިނަމަވެސް ނުކުރެވޭ ކަންކަން ހުންނާނެ ކަމަށެވެ. މިފަދަ ކަމެއްގެ ތެރޭގައި ރަނގަޅުކުރަންޖެހޭނެ ކަންކަން ހުންނާނެކަން ފާހަގަކުރައްވަުން ޝަހީމް ވިދާޅުވީ، އެފަދަ ބައެއް ކަންކަން ހައްޖުވެރިން ހިއްސާކޮށްފައިވާކަމަށެވެ. އެގޮތުން އެއީ އެކަން އޮންނާނެ ގޮތްކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިފަހަރަކީ އިންތިޒާމްގެ ގޮތުން ފާހަގަކޮށްލަންޖެހޭ އަހަރެއްކަމަށާއި، އެގޮތުން މިފަހަރު އަރަފާތުން މުޒްދަލިފާއަށް ގޮސް، މުޒްދަލިފާއިން ނިކުމެ ހިލައުކާފައި މިނާއަށް އައުމާދެމެދު އެއްވެސް ހައްޖުވެރިއަކުން ގެއްލި ނުވަތަ މަގުއޮޅުމުގެ އެއްވެސް ކަމެއް ދިވެހި ހައްޖުވެރިއަކަށް ތަޖުރިބާކުރަން ނުޖެހުމަކީ މިފަހަރު ލިބުނު ވަރަށްބޮޑު ކުރިއެރުމެއްކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދިވެހި ހައްޖާޖީންނަށް ސަލާމަތްތެރިކަމާ އަމާންކަމާއެކު ހައްޖުގެ އަޅުކަމުގެ ކަންކަން ފުރިހަމަވެ ދިއުމަކީ އެންމެނަށްވެސް ލިބިގެންދިޔަ ވަރަށްބޮޑު އުފަލެއްކަމަށެވެ.

ހައްޖަށް ދިކއުމަށް މިފަހަރު ރާއްޖެއަށް ސައުދީން ވަނީ 1،000 މީހުންގެ ކޯޓާ ދީފައެވެ. މިފަހަރު ދިވެހި ހައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ގިނަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.