ޢައްޒާގެ ހޮސްޕިޓަލެއްގައި ޑައެލަސިސް ޔުނިޓެއް... ފޮޓޯ: ތެހެރާން ޓައިމްސް
ދުނިޔެ
08 Jun 2025 | 17:37
ޢައްޒާގެ އަލް ޝިފާ ހޮސްޕިޓަލްގެ ކިޑްނީ ބަލިމީހުން ގޮތްހުސްވެފައި

އިޒްރާއީލުން ޢައްޒާގެ ހޮސްޕިޓަލްތަކުގެ އިންޖީނުގެތަކަށް ތެއޮ ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތަށް ހުރަސްއަޅަމުންގެންދާކަމަށް ޢައްޒާގެ އަލް ޝިފާ ހޮސްޕިޓަލުން ބުނެފިއެވެ.

އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި މިއަދު އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރަކު ވިދާޅުވީ، އެ ހޮސްޕިޓަލުގެ ޑައިލަސިސް ޔުނިޓްގެ ހިދުމަތްތައް ކުރިއަށްއޮތް މަދު ގަޑިއިރެއްގެ ތެރޭގައި ހުއްޓުމަކަށް އަންނާނޭކަމަށެވެ. އޭނާ ވިދާޅުވީ އިސްރާއީލް ސިފައިން އެ ހޮސްޕިޓަލުގެ އިންޖީނުގެއަށް ތެއޮ ފޯރުކޮށްދިނުމަށް ހުރަސްއަޅާފައިވާކަމަށެވެ. 

މިހާރުވެސް އެ ހޮސްޕިޓަލުގައި 300 ކިޑްނީ ބަލިމީހުން ޑައިލަސިސް ހަދަމުން އަންނަ ކަމަށާއި، ތެއޮ ނުލިބިއްޖެނަމަ ޖަނަރޭޓަރުތައް ނިވި، ހޮސްޕިޓަލުން ކަރަންޓް ކެނޑެން ދެން މާގިނަ ގަޑިއިރުތަކެއް ނުނަގާނޭކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތުން އެއްވެސްކަހަލަ ނަތީޖާއެއް ލިބިފައިނުވާކަމަށްވެސް ހޮސްޕިޓަލުގެ އޮފިޝަލް ފާހަގަކުރެއްވިއެވެ.

އިޒްރާއީލް ސިފައިން ފަލަސްތީނު ނަސްލު ނައްތާލުމަށް ހިންގަމުންގެންދާ ޖަރީމާތަކުގައި މިހާރު އެންމެބޮޑަށް ހަމަލާތައް އަމާޒުކުރަމުންގެންދަނީ، އެހީދޭ ފަރާތްތަކަށާއި، ހޮސްޕިޓަލްތަކުގެ އިތުރުން ރެފިއުޖީ ކޭމްޕްތަކަށެވެ. 

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަށް ހުއްޓާލުމަށް ބައިނަލްއަގުވާމީ ޖަމުޢިއްޔާ ޖަމާއަތްތަކުންނާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 54،772 މީހުން ޝަހީދުވެފައިވާއިރު، 125،834 އަށްވުރެ ގިަނ މީހުން ވަނީ ޒަހަމްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް