ބަހާއި ސަގާފަތާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް (ކ) އަދި މި އަހަރު އީދަށް އީދު ގަހުގައި ރޯކޮށްފައި
ރިޕޯޓް
08 Jun 2025 | 20:07
އީދު ގަސް ރޯކުރުން ކުޅިވަރަކަށް، ވަޒީރު ވިދާޅުވެ ދެއްވީ ހަގީގީ މަގުސަދު

ކޮންމެ އީދަކާ ދިމާކޮށް އީދުގެ ހަރަކާތައް ފެށުމުގެ ފުރަތަމަ ކަމަކަށް ގިނަ ރަށްތަކެއްގައި ކުރާ އެއް ކަމަކީ "އީދު ގަސް ރޯކުރުން" މެވެ. އެކި ރަށްރަށުގައި އެކަން ކުރާ ގޮތް ތަފާތެވެ.

ބައެއް މީހުން ދެކޭ ގޮތުގަައި އެކަން މިހާރު ވަނީ ބޮޑު ކުޅިވަރަކަށް ހަދާފަ އެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ގައިރު ދީންތަކުގެ މީހުން އެކި މީހުންގެ ދީނީ ބައެއް މުނާސަބަތުތަކުގައި ކުރާ ކަންކަމުގެ ސިފަތައް ވެސް "އީދު ގަސް ރޯކުރުން" ގެ ތެރެއަށް މިހާރު ވަނީ ވަދެފަ އެވެ. އެކަމުގައި އޮތް ހަމަ ވަނީ ގެއްލިފަ އެވެ.

އެހެން ކަމުން ބަހާއި ސަގާފަތާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވަނީ ދިވެހި ސަގާފަތުގައި އެކަން އޮންނަ ގޮތާއި އެކަން ކުރަމުން އައި ސަބަބު ސާފުކޮށް ދެއްވާފަ އެވެ

ވަޒީރު ވިދާޅުވި ގޮތުގައި އިހު ދިވެހީންގެ ސަގާފަތާއި ތާރީހަށް ބަލާ އިރު، އީދު ގަސް ނުވަތަ އީދު މަޅި އަދި ބައެއް ރަށްރަށުގައި ކިޔައި އުޅޭ ގޮތަށް ނަމަ، އީދު ބިޑި ރޯކުރުމަކީ ހަމައެކަނި ފިތުރު އީދުގައި ކުރާ ކަމެކެވެ. އަދި އެއީ ވަރަށް މަތިވެރި ދީނީ މަގްސަދަކަށް ޓަކައި ކުރަމުން އައި ކަމެކެވެ.

"އެއީ ކުޅިވަރަކަށް ކުރި ކަމެއް ނޫނެވެ. އަދި ކިޔެއްތަ އެއީ މުވާސަލާތު ކުރުމެކެވެ,"

ވަޒީރު ވިދާޅުވީ އެކަމަކީ އީދު ދުވަހު ރޯދަ ހިފުމަކީ ހަރާމް ކަމަކަށް ވާތީ އެ ކުށް އޮޅިގެން ވެސް ކުރެވިދާތީ އެ ކަން އެހެން ވިޔަނުދިނުމަށް ޓަކައި ކުރެވޭ ކަމެކެވެ. އެއީ ރޯދަމަސް ނިމިއްޖެ ކަމުގެ އިއުލާނެކެވެ.

ރާއްޖޭގައި ޒަމާނީ ވަސީލަތްތައް ނެތް ދުވަސްވަރު އީދަށް ރޯދަޔަށް ހަނދުބެލުމަކީ ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ވެރީން އިސްވެ ތިއްބަވައިގެން އެ މަގުން ކުރަމުން އައި ކަމެކެވެ. މި ގޮތުން ފިތުރު އީދަށް ހަނދުފެނިއްޖެކަން ޔަގީންވުމުން އެ ކަން ޖެހިގެން އޮތް ރަށަށް އެންގުމަށް ޓަކައި އީދު ގަސް ރޯކުރެވެ އެވެ. ރަށު ރައްޔިތުންނަށް އެންގުމަށް ޓަކައި ސަންގު ފުމެވެ އެވެ.

"އެހެންވީމާ އީދު ގަސް ތައްޔާރުކޮށް ރޯކުރުމަކީ ވަކި ބޭނުމެއް ވަކި މާނައެއް މަގްސަދެއް އޮވެގެން، ހަމައެކަނި ފިތުރު އީދުގައި ދިވެހި ކާބަފައިން ކޮށް އުޅުނު ކަމެކެވެ. ހަނދު ނުފެނިއްޖެއްޔާ ފިތުރު އީދުގައި ވެސް އެ ގަސް ރޮލެއް ނުކުރާނެ އެވެ," ދިވެހި ސަގާފަތުގައި އެކަން އޮތް ގޮތް ސާފުކޮށް ދެއްވާ ވަޒީރު ވިދާޅުވި އެވެ.

އީދަކީ އިސްލާމީ ޝިއާރެއް ނަމަވެސް ދީނާ ހިލާފު އެތައް ކަމެއް މި މަތިވެރި މުނާސަބަތާއި ގުޅުވައިގެން މުޅި ރާއްޖޭގައި ހިންގަ އެވެ. ބައެއް މީހުން އެފަދަ ކަންކަން ކުރަނީ ދިވެހީންގެ ސަގާފަތުގެ ބައެއް ކަމަށް ބުނެ އެވެ. އަނެއް ބަޔަކު އެކަން ކުރަނީ ދިވެހީންގެ އާދަކާދައެއް ކަމަށް ބުނެ އެވެ.

އެފަދަ ބައެއް ކަންކަމަކީ ކަނޑައެޅިގެން ހަރާމް ކަންކަމުގައި އިލްމުވެރީން ވިދާޅުވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.