ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީ އިޒްރޭލުން ދިން ހަމަލައެއްގައި އިމާރަތަތަކެއް ސުންނާފަތިވެފައި. ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
09 Jun 2025 | 11:51
ޔަހޫދީންގެ ހަމަލާއެއްގައި މުޙައްމަދު ސިންވާރު ވެސް ޝަހީދުކޮށްލައިފި

މިދިޔަ މަހުގެ 13 ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ ހޮސްޕިޓަލަކަށް ޔަހޫދީ އިޒުރޭލުން ދިން ހަމަލާއެއްގައި ޝަހީދުުވެފައިވާ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢާތުގެ އިސް ކޮމާންޑަރެއް ކަމަށްވާ މުޙައްމަދު ސިންވާރުގެ ހަށިގަނޑު ހޯދާފައިވާ ކަމަށް އިޒުރޭލުން ބުނެފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިޒްރޭލުން ދިން ހަމަލާއެއްގައި ޔަޙްޔާ ސިންވާރު ޝަހީދުވުމުގެ ސަބަބުން އޭނާގެ މަސައްކަތްތަކާ ޙަވާލުވެވަޑައިގެންފައި ވަނީ ކޮއްކޯފުޅު މުޙައްމަދު ސިންވާރެވެ.

ޔަހޫދީންގެ އަސްކަރިއްޔާ (އައިޑީއެފް) އިން ބުނެފައިވާ ގޮތުގައި މުޙައްމަދު ސިންވާރުގެ ހަށިގަނޑު ފެނިފައި މިވަނީ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްގައި ހުންނަ ޔޫރަޕިއަން ހަޮސްޕިޓަލުގެ އަޑީގައިވާ ބިންގަރާހެއްގެ ތެރެއިންނެވެ. މުޙައްމަދު ސިންވާރުގެ ހަށިގަނޑުގެ އިތުރުން އިތުރު އެހެންބައެއްގެ ހަށިތައް ވެސް އެތަނުން ފެނިފައިވާ ކަމަށް ޔަހޫދީންގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

މުޙައްމަދު ސިންވާރު ޝަހީދުވެފައިވާ ކަމަށް ޙަމާސް އިން ޔަޤީން ކޮށްދީފައި އަދި ނުވިނަމަވެސް ޔަހޫދީ އިޒްރޭލުން ވަނީ ޙަމާސްއަށް ނިސްބަތްވާ އެޖަމާޢަތުގެ ގިނަ އަދަދެއްގެ އިސްވެރިން ޝަހީދު ކޮށްލާފައެވެ.

2023 ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން، ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ގޮތުން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ހަމަލާތަކުގައި އިޒްރޭލުން ވަނީ ޙަމާސްއަށް ނިސްބަތްވާ އެޖަމާޢަތުގެ ގިނަ އަދަދެއްގެ އިސްވެރިން ޝަހީދު ކޮށްލާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

އެގޮތުން އެ ޖަމާޢަތުގެ ކުރީގެ އަސްކަރީ ކޮމާންޑަރު ކަމަށްވާ މުޙައްމަދު ޟައިފު އާއި ޙަމާސްގެ ސިޔާސީ ލީޑަރު ކަމަށްވާ އިސްމާޢީލް ޙަނިއްޔާ ވަނީ ޝަހީދުކޮށްލާފައެވެ. އިސްމާޢީލް ޙަނިއްޔާ ޝަހީދުކޮށްލާފައިވަނީ އީރާނުގައި ހުންނަވަނިކޮށް ދިން ޙަމަލާއެއްގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.