ކެޓްރީނާ ކައިފް ފޮޓޯ/ ގްލެމޯ
ހަބަރު
10 Jun 2025 | 14:15
ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭ އިސްތިހާރުކުރަން ކެޓްރީނާ ނިކުންނަނީ

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތްކުރުމަށް ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި ކަމަށްވާ ކެޓްރީނާ ކައިފް ހަމަޖައްސައިފިއެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީން) ބުނީ ރާއްޖެ އިސްތިހާރުކުރުމުގެ އެމްބެސެޑަރަކަސް ކެޓްރީނާ ހަމަޖައްސާފައިވަނީ، ހޫނު މޫސުމާއި ގުޅުވައި ކުރިއަށް ގެންދާ ހާއްސަ ކެމްޕެއިނެއްގެ ދަށުންނެވެ. އެމްއެމްޕީއާރުސީން ދަނީ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ބޮޑެތި ކެމްޕެއިންތަކެއް ހިންގަމުންނެވެ. 

އެމްއެމްޕީއާރުސީން ބުނީ، ކެޓްރީނާ އާއެކު ކުރިއަށްގެންދިއުމަށް ނިންމި ކެމްޕެއިންގެ މައިގަނޑު މަސައްކަތަކަށް ވެގެންދާނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދީ އަދި ރާއްޖޭގެ ކަނޑުގެ ހިތްގައިމު މަންޒަރުތަށް ޕްރޮމޯޓް ކޮށްދިނުމުގެ އިތުރުން މަތީ ފަންތީގެ ފަތުރުވެރިކަން އިޝްތިހާރު ކުރުންކަމަށެވެ.

މިކަމާ ގުޅޭގޮތުން އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާޙިމް ޝިއުރީ ވިދާޅުވެފައިވަނީ، ކެޓްރީނާއަކީ ބޮޑު ފޭން ބޭސްއެއް އޮންނަ ފޮލޯވަރުންނާ ގުޅުންއޮންނަ ސެލެބްރެޓީއެއްކަމަށާއި، ރާއްޖެ އިތުރަށް ޕްރޮމޯޓްކުރުމަށް ކެޓްރީނާއަކީ އެންމެ ރަނގަޅު އެއް ފަންނާނުކަމަށެވެ. 

ކެޓްރީނާ ބުނެފައިވަނީ، ރާއްޖެ ފަދަ ޓޫރިޒަމްގެ އެންމެ މަޤްބޫލު މަންޒިލެއްގެ އެމްބެސެޑަރުކަން ލިބުމަކީ ފަހްރެއްކަމަށާއި، ރާއްޖެ ޕްރޮމޯޓްކުރުމަށް ތައްޔާރަށްހުރި ކަމަށެވެ. 

ކުރިއަށްމިއޮތް ހޫނު މޫސުމާ ދިމާކޮށް  އިނގިރޭސިވިލާތް، ރަޝިޔާ، އިޓަލީ، ސްޕެއިން، ޕޯލެންޑް އަދި އިންޑިއާ ފަދަ ޤައުމުތަކުގައި މި ރާއްޖެ އިސްތިހާރުކުރުމުގެ ކެމްޕެއިންތައް ކުރިއަށްގެންދިއުމަށް އެމްއެމްޕީއާުސީން ވަނީ ނިންމާފައެވެ. ކެޓްރީނާ ކައިފަކީ ޔޫރަޕްގެ އިތުރުން އެމެރިކާގެ ޤައުމުތަކުގެ މެދުގައިވެސް ވަރަށް މަޤްބޫލުކަން ލިބިފައިވާ ފަންނާނެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.