އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ.. ފޮޓޯ: ސައިޕްރަސް މެއިލް
ދުނިޔެ
10 Jun 2025 | 13:30
މޯދީ ސައިޕްރަސް، ކްރޮއޭޝިއާއަށް ވަޑައިގަންނަވަނީ

އިންޑިއާއާއި ތުރުކީވިލާތާއި ދެމެދު ގުޅުން ގޯސްވެފައިވާ މިދަނޑިވަޅުގައި ތުރުކީވިލާތާއި ވާދަވެރި ސައިޕްރަސްއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މޯދީ ސައިޕްރަސްއަށް ވަޑައިގަންނަވާނީ ޖީ 7 ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކެނެޑާއަށް ވަޑައިގަންނަވާ މަގުމަތީގައެވެ. އަދި ކްރޮއޭޝިއާއަށް ވަޑައިގަންނަވާނީ ސަމިޓުން ނިމިވަޑައިގެން، އެނބުރި އިންޑިއާއަށް ވަޑައިގަންނަވާ މަގުމަތީގައެވެ. ކްރޮއޭޝިއާއަކީ މޯދީ އެންމެ ފަހުން ޔޫރަޕަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައވާ ދަތުރުފުޅެކެވެ. އެހެންނަމަވެސް އެފަހަރު ނޯވޭ އާއި ނެދަލެންޑްސްއަށް ވަޑައިގަތުމަށްފަހު، ކްރޮއޭޝިއާއަށް ވަޑައިނުގެން މޯދީ އެނބުރި އިންޑިއާއަށް ވަޑައިގަތީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިނގި ކުރިމަތިލުންތަކާއި ގުޅިގެންނެވެ.

ސައިޕްރަސްއަކީ ތުރުކީވިލާތާއި ވާދަވެރި ގައުމެކެވެ. ސައިޕްރަސްގެ ގްރީކް ދަރިކޮޅާއި ތުރުކީ ދަރިކޮޅާއި ދެމެދު ހިނގަމުންދާ ނުތަނަސްކަމުގައި، ތުރުކީގެ މަދަދުވެރިކަމާއެކު ތުރުކީދަރިކޮޅުން ވަނީ ވަކި ދައުލެއްވެސް ގާއިމްކޮށްފައެވެ. އެހެންނަމަވެސް މިއީ ބައިނަލްއަގްވާމީ މުޖްތަމައުގެ ބޮޑު ބަޔަކުން ބަލައިގަންނަ ދައުލަތެއް ނޫނެވެ. ތުރުކީވިލާތާއި އިންޑިއާއާއި ދެމެދު މައްސަލަ ގޯސްވީ، ދާދިފަހުން އިންޑިއާއާއި ޕާކިސްތާނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި ތުރުކީވިލާތުން ޕާކިސްތާނަށް ތާއީދުކުރުމާއި ގުޅިގެންނެވެ. އަދި މޯދީ ސައިޕްރަސްއަށް ކުރައްވާ މި ދަތުރުފުޅަކީ ތުރުކީވިލާތަށް ދެއްވާ ވަރުގަދަ މެސެޖަކަށް ވާނެކަމަށް އިންޑިއާގެ ނޫސްވެރިން ދެކެއެވެ.

މިއީ އިންޑިއާގެ ބޮޑުވަޒީރަކު ސައިޕްރަސްއަށް ކުރައްވާ 3 ވަނަ ދަތުރުފުޅެވެ. 1983 ވަނަ އަހަރު ބޮޑުވަޒީރު އިންދިރާ ގާންދީ، އަދި 2002 ވަނަ އަހަރު ބޮޑުވަޒީރު އަތަލް ބިހާރީ ވާޖްޕާއީ ސައިޕްރަސްއަށް ވަޑައިގަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.