ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު، ޔޫރަޕިއަން ޕާލިމަންޓް މެމްބަރުންނާއެކު... ފޮޓޯ: ޖައިޝަންކަރު އެކްސް
ދުނިޔެ
11 Jun 2025 | 13:44
ޖައިޝަންކަރު ޔޫރަޕްގައި

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ޔޫރަޕަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އީޔޫ ޕާލިމަންޓްގެ މެމްބުންނާ ބައްދަލުކުރައްވައިފިއެވެ.

ޖައި ޝަންކަރުގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ބެލްޖިއަމަށެވެ. އެޤައުމަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ބެލްޖިއަމްގެ ބޮޑުވަޒީރު ބާޓް ޑަ ވޭވަރ އާއި ހާރިޖީ ވަޒީރާ ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅުގައި ބެލްޖިއަމާއި އިންޑިއާގެ އޮފިޝަލުން ރަސްމީ ވާހަކަތައް ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. 

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އިއްޔެ އީޔޫގެ ޕާލިމަންޓްރީ ގްރޫއްޕްގެ މެމްބަރުންނާ ބައްދަލުކުރައްވާފައިވާއިރު، ޓެރަރިޒަމާއި އެނޫންވެސް ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާތައް ބާއްވަވާފައެވެ.

ބެލްޖިއަމަށްފަހު ޖައިޝަންކަރު ދެން ވަޑައިގަންނަވާނީ ފަރަންސޭސިވިލާޓުގެ ވެރިރަށް ޕެރިހަށެވެ. ޕެރިހުގައި ފަރަންސޭސީ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމުގެ އިތުރުން، މާސޭގައި އޮންނަ ރައިޒީނާ މެޑިޓެރޭނިއަން ފޯރަމްގައިވެސް ޑރ. ޖައިޝަންކަރު ބައިވެރިވެވަޑައިގަންނަވާނެއެވެ. މިމަހުގެ 12 އިން 13 އަށް މާސޭގައި ބާއްވާ ރައިޒީނާ މެޑިޓެރޭނިއަން އަކީ، އިންޑިއާގެ އެންމެ ބޮޑު އެއް ތިންކް ޓޭންކް ކަމަށްވާ އޮބްޒާވަރ ރިސަރޗް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ރައިޒީނާ ޑައިލޮގްގެ ބައެކެވެ.

ޖައިޗަންކަރު ޔޫރަޕަށް ކުރައްވާ ދަތުރުފުޅު ނިންމަވާލައްވާނީ އަންނަ ހޮނިހިރުދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.