އިޒްރޭލުން ދިން ހަމަލާތަކެއްގައި ޣައްޒާގެ އިމާރާތްތަކެއް ބިމާއި ހަމަވެފައި. ފޮޓޯ/ އަލް ޖަޒީރާ
ދުނިޔެ
11 Jun 2025 | 16:45
އިޒްރޭލުން ދިން ހަމަލާއެއްގައި ފަލަސްޠީނުގެ 61 މީހުން ޝަހީދުވެއްޖެ

ޔަހޫދީ އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތަކުގެ ތެރެއިން މިއަދު އެކަނިވެސް ޣައްޒާގައި ފަލަސްޠީނުގެ 61 މީހުން ޝަހީދުކޮށްލައިފިއެވެ.

މިހަމަލާގައި ޝަހީދުވި މީހުންގެ ތެރެއިން 39 މީހަކީ ޣައްޒާގެ އިންސާނީ އެހީ ފޯރުކޮށްދޭ ސަރަހައްދަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ޝަހީދުކޮށްލެވުނު މީހުންނެވެ. މިހަމަލާގައި ޝަހީދުކޮށްލެވުނުގެ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.

ޣައްޒާ ސަރުކާރުގެ މީޑިޔާ އޮފީހުން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން، އިޒްރޭލުން ހިންގަމުން ގެންދާ ޖަރީމާތަކުގެ ސަބަބުން ދުވަހެއް ދުވަހަކަށް ދަނީ މައްސަލަ ގޯސްވަމުން ކަމަށް ބުނެފައިވެއެވެ. އަދި ޣައްޒާއަށް އެހީގެ ޓްރަކްތަށް ވަނަ ނުދީ ބޯޑަރުތަށް ބަންދުކުރުމުގެ ސަބަބުން އެތަކެއް ބަޔަކު ބަނޑުހައި ހޫނު ކަމުގައި ދުނިޔެ ދޫކޮށްދާކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން އިންސާނީ އެހީ ފޯރުކޮށްދޭ ތަންތަނަށް އަމާޒުކޮށްދޭ ހަމަލާތަކުގެ ސަބަބުން އެތަކެއް ބައެއްގެ ފުރާނަ ކޮންމެ ދުވަހަކު ގެއްލެމުންދާކަމަށްވެސް އެބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ފަލަސްޠީނުގެ ރައްޔިތުންދަނީ އިންސާނީ އެހީ ފޯރުކޮށްދޭ ތަންތަނަކީ އިންސާނުން ކަތިލާ ތަންތަނުގެ ގޮތުަގައި ސިފަކޮށްފައެވެ.

އިޒްރޭލޮން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްޠީނުގެ 54,981 މީހުން ޝާހީދުވެފައިވާއިރު 126,920 މީހުން ޒަހަމްވެފައިވާކަމަށް މީޑިޔާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް