ހައްޖު ކޯޕަރޭޝަންގެ ނަމުގައި ލިބެނީ ސްކޭމް މެސެޖެއް
ހަބަރު
13 Jun 2025 | 13:44
ސަމާލުވާތި! ހައްޖު ކޯޕަރޭޝަންގެ ނަމުގައި ތި ލިބެނީ ސްކޭމް މެސެޖެއް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވާން އެދިއްޖެ އެވެ.

އިއްޔެއާ ރޭ ވަރަށް ގިނަ ބަޔަކަށް ވަނީ މި މެސެޖު ލިބިފަ އެވެ. އެ ކޯޕަރޭޝަނުން ވެސް ވަނީ އެކަން ސަމާލު ކަމަށް ގެނެސް ޕޯސްޓެއް ކޮށްފަ އެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަގްސަދުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި އާންމު ރައްޔިތުންގެ ފޯނަށް މެސެޖުތަކެއް ފޮނުވަމުންދާ ކަމަށް އެ ކުންފުންޏަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ކަމަށް ސަމާލުވާން އެދި ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކުންފުނިން އެއްވެސް މީހަކަށް ލިންކު ފޮނުވައިގެން ފައިސާ ދައްކަން މެސެޖު ނުކުރާނެ ކަމަށެވެ. އަދި އެ ކޯޕަރޭޝަނުން އެއްވެސް މީހަކަށް ގުޅައި ނުވަތަ މެސެޖުކޮށް އެއްވެސް އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން ނާންގާނެ ކަމަށް ވެސް ބުންޏެވެ.

ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތަކަށް ފައިސާ ޖަމާކުރަން އަންގާނީ އެ ކޯޕަރޭޝަންގެ ނަމުގައި ހެދިފައި ހުރި ރަސްމީ ބޭންކު އެކައުންޓްތަކަށް ކަމަށް ވަނީ ބުނެފަ އެވެ.

އެހެން ކަމުން އޮޅުވާލައިގެން މިފަދަ ގޮތްގޮތަށް ފައިސާ ހޯދަން ކުރާ މެސެޖުތަކާއި ފޮނުވާ ލިންކުތަކަށް ސަމާލުވެ އެފަދަ ލިންކުތަކަށް ނުފިތުމަށް ވަނީ އެދިފަ އެވެ. އަދި އެފަދަ މެސެޖެއް އަދި ކޯލެއް ލިބިއްޖެނަމަ ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ކުރުމަށް އެދޭ ކަމަށް ބުންޏެވެ.

ސްކޭމްގެ މައްސަލަތައް ރާއްޖޭގައި ވަނީ ވަރަށް ބޮޑުވެފަ އެވެ. މިދިޔަ ހަފްތާގައި ވެސް ސްކޭމް މައްސަލަތަކުގެ ސަބަބުން 270,270 ރުފިޔާ ގެއްލިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.