ކުރީގެ ރައީސް ޔާމީން- ފޮޓޯ/ ވޮއިސް
ހަބަރު
13 Jun 2025 | 15:10
ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ރައީސް ޔާމީންގެ އެކްސް ޕޯސްޓެއް

މީސްމީޑިޔާގައި ޕޯސްޓެއް ނުކުރައްވާތާ ތިން އަހަރު ފަހުން، ކުރީގެ ރައީސް އަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް އެކްސްގައި ޕޯސްޓެއް ކުރައްވައިފިއެވެ.

އެގޮތުން އެމަނިކުފާނު މިއަދު އެކްސްގައި ޕޯސްޓެއް ކުރައްވާފައިވަނީ، އެއާ އިންޑިޔާގެ މަތިންދާ ބޯޓެއް ވެއްޓި، އޭގެން ދަތުރުކުރި އެކަކު ފިޔަވައި އެހެން އެންމެން މަރުވި ހާދިސާއާ ގުޅިގެން އެކަމުގެ ހިތާމަފާޅުކޮށް އިންޑިޔާއަށް ތަޢުޒިޔާ ފޮނުއްވައެވެ.

"އެއަރ އިންޑިއާގެ ފްލައިޓް ވެއްޓުނު ހާދިސާއެއްގައި، އޭގެ ފަސިންޖަރުންނާއި އިތުރު އެތައް ބަޔަކު މަރުވެދިޔަ ޚަބަރު އެހީ ފުން ހިތާމައާއެކު. ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، މި ހާދިސާގައި މަރުވި އަދި ގެއްލުނު އެންމެހައި މީހުންގެ ޢާއިލާއާއި، އެކުވެރި އިންޑިޔާގެ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވަން."

ޔާމީން އަބްދުލްޤައްޔޫމް

ރައީސް ޔާމީންގެ މި އެކްސް ޕޯސްޓަކީ 2022 ވަނަ އަހަރު އެކްސް އެކައުންޓް ހެއްދެވިފަހުން ކުރެއްވި 22 ވަނަ ޕޯސްޓެވެ. އެންމެ ފަހުންވެސް ޕޯސްޓެއް ކުރައްވާފައި ވަނީ، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެމަނިކުފާނު ފާހަގަކޮށްލެވެނީ މީސްމީޑިޔާއާ ދުރު ބޭފުޅެއްގެ ގޮތުގައެވެ. 

ކޮމެންޓް
އަލިބެ
އެކުވެރި އިންޑިޔާ ހެހެހެހެ
13 Jun 2025
ގުޅޭ ލިޔުންތައް
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.