ދުބާއީ އެއާޕޯޓް... ފޮޓޯ: ނިއުލައުންޗް
ވިޔަފާރި
17 Jun 2025 | 14:41
މެދުއިރުމަތިން ރާއްޖެ އަންނަ ފްލައިޓްތައް ޑިލޭވަނީ

އީރާނާއި އިސްރާއީލާއި ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެ އަންނަ ފްލައިޓްތައް ކޮންމެވެސް ވަރަކަށް ޑިލޭވަމުން އެބަދެއެވެ.

ރާއްޖެއަށް އަންނަ ފްލައިޓްތައް ޑިލޭ ވަމުން ދަނީ ޖުމްލަކޮށް މުޅި މެދުއިރުމައްޗަށް ހުޅަނގު އޭޝިއާގެ ވައިގެ ސަރަހައްދަށް އައިސްފައިވާ ބާރުބޮޑުކަމާއެކުގައެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އުފުލާ އެއް އެއަރލައިންކަމަށްވާ ފްލައި ޑުބާއީގެ ރާއްޖޭގެ އެޖެންޓް އިނަރ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާޤް ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ މިހާރު ހިނގަމުންދާ ކަންކަމުގެ ސަބަބުން ވައިގެ ބައެއް ސަރަހައްދުތައް ބަންދުވެ، މަތިންދާބޯޓުތަކުން އާއްމުކޮށް ބޭނުންކުރާ ރޫޓްތައް ނޫން އެހެން ރޫޓްތައް ނަގަން ޖެހުމުގެ ސަބަބުން ދަތުރުތަކުގެ ދިގުމިން އިތުރުވަމުން ދާކަމަށެވެ. އަދި ފްލައިޓްތައް ލަސްވެ، ޔޫރަޕާއި، އޭޝިއާ އަދި އެހެން ސަރަހައްދުތަކަށް ދަތުރުކުރަން ކަނެކްޝަން ފްލައިޓްތައް ނެގުމުގައިވެސް ލަސްތަކެއް ދިމާވެ، މުޅި ވައިގެ ދަތުރުފަތުރުގެ ސިނާޢަތަށް ބުރޫ އަރަމުން އަންނަކަން ފިރާގް ފާހަގަކުރެއްވިއެވެ.

އާއްމުކޮށް އޮން ޓައިމް' ކޮށް އަންނަ ބައެއް ފްލައިޓްތައްވެސް މިހާރު ލަސްވަމުންދާކަމަށް އެހެން ޓްރެވަލް އެޖެންޓުންވެސް ވަނީ ފާހަގަކޮށްފައެވެ.

އެމްއޭސީއެލްގެ ފްލައިޓް ޝެޑިއުލަށް ބަލާއިރު، މިއަދު ހަވީރު މެދުއިރުމަތިން އަންނަން އޮތް ފްލައިދުބާއީގެ ފްލައިޓެއްވެސް ވަނީ ޑިލޭވެފައެވެ.

ވީއައިއޭ ފްލައިޓް ޝެޑިއުލް

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވައިގެ ސަރަހައްދު ހުޅުވާލާފައި އޮތްނަމަވެސް، ރީރޫޓްކުރާ މަތިންދާބޯޓުތަކުން ޑުބާއީ އިންޓަނޭޝަނަލް އެއަރޕޯޓާއި ޝާރްޖާ އިންޓަނޭޝަނަލް އެއަރޕޯޓް ބޭނުންކުރަން ފެށުމުން، ޖުމްލަކޮށް ޔޫ.އޭ.އީގެ ވައިގެ ސަރަހައްދަށްވެސް ވަނީ ބާރު ބޮޑުވެފައެވެ. ޑުބާއީ އެއަރޕޯޓް ބޭނުންކުރާ މައި ދެ އެއަރލައިންކަމަށްވާ ފްލައި ޑުބާއީއާއި އެމިރޭޓްސްއިންވެސް ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްކޮށް، ބައެއް ފްލައިޓްތައް ޑިލޭކޮށްފައިވެއެވެ.

އެމިރޭޓްސްއިން މި މަހުގެ ނިޔަލަށް ފްލައިޓްތައް މެދުކަނޑާލި މަންޒިލްތަކުގެ ތެރޭގައި އުރްދުންގެ ޢައްމާން، ލުބްނާނުގެ ބެއިރޫތު، އިރާޤްގެ ބަޣްދާދު އަދި ބަޞަރާ ހިމެނެއެވެ. އަދި އިސްރާއީލުގެ ތެލްއަވީވަށް ކުރާ ދަތުރުތައް މުއްދަތެއް ނެތް ގޮތަށް ވަނީ މެދުކަނޑާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.