ގެއްލިގެން ހޯދި އަންހެން މީހާ
ހަބަރު
18 Jun 2025 | 02:34
ގެއްލިގެން ހޯދި އަންހެން މީހާ ފެނިއްޖެ، ވީގޮތެއް ނުބުނޭ

މާލެއިން ގެއްލިގެން ހޯދަމުން އައި 18 އަހަރުގެ އަންހެން މީހާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދީ އައިޝަތު ލަމްޔާ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާގެ އާއިލާ އިން ބުނީ އެ އަންހެން މީހާގެ ހަބަރެއް އެންމެ ފަހުން ވީ ރޭ 8:30 ހާއިރު ކަމަށެވެ. އެއީ އެމީހާ ގެއިން ނިކުމެންދިޔަ ވަގުތެވެ.

އަންހެން މީހާ އެންމެ ފަހުން ލައިގެން ހުރީ ކަޅު ޖިންސަކާއި ހުދު ޓޮޕަކާއި ކަޅު ސޯލެއް އަޅައިގެންނެވެ.

ފުލުހުންގެ އިދާރާ އިން “ވޮއިސް” އަށް ބުނީ އެ މީހާ ގެއްލިގެން އާއިލާއިން ފުލުހަށް އެކަން ރިޕޯޓްކުރީ މިއަދު މެންދުރު 1:00 ގައި ކަމަށެވެ.

އެމީހާ މިރޭ 12:30 ހާއިރު ފެނިފައިވާ ކަމަށާ ހާލު ރަނގަޅު ކަމަށް ބުންޏެވެ. ހަބަރެއް ނުވެ މިވީ މިވަގުތު އުޅުނީ ކޮންތާކު ކަމެއް އަދި ހަބަރެއް ނުވެ ދިޔަ ސަބަބެެއް ސާފެއް ނުވެ އެވެ.

ދެ ޖިންސުގެ ޒުވާނުންނާއި ކުދީން ގެއްލިގެން ރިޕޯޓް ކުރާ މައްސަލަތައް ގިނަ އެވެ. ބައެއް ކުދީން މިގޮތަށް ގެއްލުމަކީ ވަރަށް އާންމު ކަމެކެވެ. ބައެއް ފަހަރު ހަފްތާ ވަންދެން އާއިލާއާ ފިލައިގެން ހަބަރެއް ނުވެ އުޅެ އެވެ. ގިނަ ފަހަރަށް ފެންނަނީ ފޮޓޯ އާންމުކޮށް ހޯދާ ކަމަށް ބުނުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.