ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް: ފޮޓޯ/ މަޖިލިސް
ހަބަރު
18 Jun 2025 | 10:01
ތައުލީމާއި ސިއްހީ ދާއިރާގެ އިތުރު ގަޑީގެ މުސާރަ މުރާޖާ ކުރުމަަށް ގަރާރެއް

ތަޢުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި، ސިއްޙީ ދާއިރާގެ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލު ބަދަލުކުރުމަށް މެންބަރުންގެ ޚިޔާލު ހޯދުމަށް ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ޤަރާރު ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް އެވެ. 

މި ގަރާރު ހުށަހެޅުއްވި ސަބަބެއް ކަމުގައި މެންބަރު ފާހަގަކުރައްވާފައިވަނީ، ތަޢުލީމާއި ސިއްހީދާއިރާގެ މުވައްޒަފުންނަށް އިތުރުގަޑީގެ މުސާރަ ނުލިބޭ ގޮތަށް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަންޖެހުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށް އިތުރުގަޑީގައި ކުރާ މަސައްކަތަށް އުޖޫރަދޭ އުސޫލު މުރާޖަޢާކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެންގުމެވެ. 

2023 ވަނަ އަހަރު ސިއްހީ ދާއިރާގެ މަސައްކަތްކުރާ އެކިއެކި ޓެކްނިކަލް ގިންތިތަކުގައި ހިމެނޭ ފަރާތްތައް ނިސްބަތްވާ 63 ގިންތިއެއްގެ މުވައްޒަފުން ފިނޭންސް މިނިސްޓްރީގެ ހެލްތު ޖޮބްމެޓްރިކްސްގެ އުސޫލަށް ހިޖުރަކުރުވައި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައިގެ އޮނިގަނޑު އެހެން ދާއިރާތަކާއެއް ހަމަކުރުމަށް އާ ޕޭ ޕްރޭމްވޯކެއް ތައާރަފުކުރެވުނެވެ.

މެންބަރުގެ ގަރާރުގައި ބުނީ، ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދިނުމާއި އިތުރު ގަޑީގެ މަސައްކަތް ކުރުވޭނެ އެންމެ މަތީ މިންގަނޑު ހިމެނޭ ސީލިންގްތަކެއް ކަނޑައެޅިފައި ވީނަމަވެސް މި ދެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ތަބީއަތުގެ ސަބަބުން މި ދެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަންޖެހޭ ކަމެށެވެ.

”ދައުލަތުގެ އާ ޕޭ ފްރޭމްވޯކްގެ އޯޓީއާ ގުޅޭ ނަންބަރުގައިވާގޮތުން އިތުރުގަޑީގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭނީ މި މިންގަނޑުގައި އިތުރުގަޑީގެ ފައިސާ ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ މުވައްޒަފުންގެ މަގާމުގެ އަސާސީ މުސާރައިގެ އެންމެ ގިނަވެގެން 10 ޕަސެންޓް ކަމަށް ވާތީ، އެ މިންވަރަށް ވުރެ އިތުރުވާ ގޮތަށް މުވައްޒަފު ލައްވާ މަސައްކަތް ކުރުވުން މަނާވެފައިވީނަމަވެސް ސިއްހީ ދާއިރާގައި އާންމުންނަށް ހިދުމަތްދިނުމަށް އެކަށީގެންވާ އަދަދެއްގެ ސިއްހީ މަސައްކަތްތެރިން ނެތުމާއެކު ސިއްހީ މަސައްކަތްތެރިންގެ ގިނަ ފަރާތްތަކެއް ރަސްމީ ގަޑީގެ އިތުރަށް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަން ޖެހިފައިވާ ފަރާތްތައް،" ކަމަށް ގަރާރުގައިވެ އެވެ.

މިއާއެކު އެ ގަރާރުގައި ބުނީ، ރަސްމީ ގަޑިތަކާއި މަސައްކަތް ކަނޑައެޅިފައިވާ އާއްމު ގަޑިތަކުގެ ބޭރުން ތައުލީމީ ދާއިރާއާއި ސިއްހީދާއިރާގެ މުވައްޒަފުން މަސައްކަތް ކުރަންޖެހުމުން ދާއިރާއަށް މުވައްޒަފުން ހޯދުންވެސް ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ. 

"އަދި ހަމައެއާއެކު ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ ދަށުން އިތުރުގަޑީގެ ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ސީލިންގްއަށް ވުރެ އިތުރަށް އެއްވެސް ފަރާތެއްލައްވާ މަސައްކަތްކުރުވަންޖެހޭ ހާލަތުގައި އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް އެކަށައެޅިފައި އޮތުން ކޮންމެހެން މުހިންމު،" ގަރާރުގައިވެ އެވެ.

ގަރާރުގައި އިތުރަށް ބުނީ ވަޒީފާއާބެހޭ ގާނޫނާއި ހިލާފަށް ހެދޭ ކޮންމެ ގަވާއިދެއް، އުސޫލެއް އަދި ކޮންމެ މިންގަނޑެއް ބާތިލުވާނެކަން ވަޒީފާއާ ބެހޭ ގާނޫނުގައިި ބަޔާންކޮށްފައިވާއިރު، ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރަމުންދާ ފަރާތްތަކުން އިތުރު ގަޑީީގައިި މަސައްކަތްކުރަން ލާޒިމުވާ ހާލަތްތަކުގައި އެ ފަރާތްތަކުން އިތުރު ގަޑީގައި ކުރާ މަސައްކަތުގެ އަގު ލިބިގެންދާނެ ގޮތަކަށް ދައުލަތުގެ އުސޫލުތައް މުރާޖައާކުރަންޖެހޭ ކަމަށެވެ.  

އެހެންކަމުން ދެ ދާއިރާގެ މަސައްކަތްތެރިންގެ މަސައްކަތުގެ ފެންވަރާއި ހާލަތް ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމަށްޓަކައި ހިއުމަން ރިސޯސް އޮޑިޓެއް ހަދައި އިތުރު ގަޑީގައި މަސައްކަތް ކުރުވުމުގެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި އެކަންކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ