އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު: ފޮޓޯ/ މަޖިލިސް
ހަބަރު
18 Jun 2025 | 11:03
ސައިޓް ހަމަޖެހުނުހާ އަވަހަށް އައްޑޫ ލިންކު ރޯޑު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށޭނެ: ޑރ. މުއްޠަލިބު

އާރްޑީސީއަށް ސައިޓް ހަމަޖެހުނުހާ އަވަހަށް، އައްޑޫގެ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ ލިންކު ރޯޑުގެ މަސަައްކަތް މިހާރު އާރްޑީސީއާ ހަވާލުކުރެވިފައިވާއިރުވެސް، އޭގެ ޢަމަލީ މަސައްކަތް އަދިވެސް ނުފެށޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި، އެ މަސައްކަތް ފެށޭނެ ދުވަހަކާއި ބެހޭގޮތުން ވަޒީރާ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އައްޑޫ ލިންކު ރޯޑުގެ މަސައްްކަތަކީ ވަރަށް ޚައްސާސް މައްސަލައެއް ކަމަށެވެ. އަދި އެކަން ފެށުމަށް މިވަގުތު ކުރެވެމުންދާ މަސަައްކަތަކީ ސައިޓް ހޯދުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

މިވަގުތު މޮބިލައިޒް ކުރުމަށްޓަކައި، ސައިޓް ހޯދުމަށްޓަކައި، ކައުންސިލާއެކު މަޝްވަރާކުރެވިގެން ސައިޓެއް ފައިނަލް ކުރެވޭ ހިސާބުގައި އޮތީ. ސައިޓް ފައިނަލް ކުރެވުނުހާ އަވަހަށް އެ ސައިޓް މަސައްކަތް އާރްޑީސީން ފަށާނެ. މޮބިލައިޒް ކުރެވުނީމާ މަސައްކަތް ފެށިގެންދާނެ. އަޅުގަނޑުމެން ދުވަސްތަކެއް ވެއްޖެ ސައިޓެއް ކަނޑައެޅުމަށް މަސައްކަތްތަކެއް ކުރަމުންދާތާ

އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު

އައްޑޫ ލިންކު ރޯޑު ތަރައްގީ ކުރުމުގެ މަސައްކަތް އާރުޑީސީއާ ޙަވާލުކޮށްފައިވަނީ 3 އަހަރާއި 11 މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 829 މިލިޔަން ރުފިޔާއަށެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެވުނީ މިއަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. 

މި މަސައްކަތުގެ ދަށުން ލިންކް ރޯޑް ޒަމާނީ ފެންވަރަށް އަލުން ހަދައި ތަރައްޤީކުރުމާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގައު އަތުރައިގެން މަގު ހެދުމާއި ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ވަޒީރު ވަނީ، ލިންކް ރޯޑުގެ މަސައްކަތުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއްގައި މަސައްކަތްކުރެވޭނެ ކަމަށާ، 67.58 ކިލޯމީޓަރުގެ ސީ.ޓީ.ބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަން ފާހަގަކުރައްވާފައެވެ. 

އަދި އަމާޒަކީ ލިންކު ރޯޑުގެ މަސައްކަތް 2028 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމާލުން ކަމަށްވެސް ވިދާޅުވެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.