އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބް: ފޮޓޯ/ މަޖިލިސް
ހަބަރު
18 Jun 2025 | 12:17
ނިމިފައިވާ މަޝްރޫޢުތަކުގެ ޚިދުމަތް ނުފެށެނީ ބައެއް ލިޔެކިޔުންތައް މަދުވެގެން: ޑރ.މުއްޠަލިބި

އެކި ރަށްރަށުގައި ކުރިއަށް ގެންގޮސް ނިންމާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނިމިފައިވީ ނަމަވެސް، އެ ޚިދުމަތް ދޭން ނުފެށެނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ލިޔުންތައް މަދުވެގެން ކަމަށް އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ އެ ރަށްރަށުގައި ކުރިއަށް ގެންގޮސް ނިމިފައިވާ މަޝްރޫޢުތަކުގެ އެ ޚިދުމަތް ރައްޔިތުންނަށް ދޭން ނުފެށޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ވަޒީރާ ސުވާލު ކުރައްވާފައެވެ. 

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ގިނަ ރަށްރަށުގެ މަސައްކަތް އޭރު ހަވާލުކޮށްފައި އޮތީ ޔޫއާރްއޭއިން ނަގަން ޖެހޭ ހުއްދަތައް ނުނަގައި، ޑިޒައިންތައް ފައިނަލް ނުކޮށް، އަމިއްލަ ފަރާތްތަކަށް ފެނަކައިން ސަބް ކޮންޓްރެކްޓްކޮށްގެން ކަމަށެވެ.

އަދި އެފަދައިން ސަބް ކޮންޓްރެކްޓް ކޮށްފައި ހުރީ ވެސް ޓެންޑާ ބޯޑުން ނަގަންޖެހޭ ހުއްދަތައް ނުނަގައި ކަން މުއްތަލިބު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، މަސައްކަތް ނިންމައި ކޮމިޝަން ކުރެވުނު ނަމަވެސް ޔޫއާރްއޭއަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ކޮންޓްރެޓަރުގެ ފަރާތުން ހަމަނުވާތީ، ހުއްދަ ނުލިބިގެން ޚިދުމަތް ދޭން ފެށިފައި ނުވާ ކަމަށެވެ.  

އަޅުގަނޑުމެން އެންވަޔަމަންޓް މިނިސްޓްރީއާއެކު މަސައްކަތް މިކުރަނީ ޔޫއާރްއޭގެ އުސޫލުތައް ތަންކޮޅެއް ފަސޭހަ ކޮށްލައިގެންވެސް ރައްޔޮތުންނަށް ވީހާވެސް އަވަހަށް ޚިދުމަތް ދެވޭނެ ގޮތެއް ހޯދަން. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ ޚިދުމަތްދެވެން ފަށާނެ

ވަޒީރު ޑރ. އަބްދުالله މުއްޠަލިބު

މީގެ އިތުރުންވެސް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަޒީރު ވަނީ، އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށާއި މިހާރު މަސައްކަތްތައް ކުރިއަށްދާގޮތުން އެކަން ހާސިލް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.