އިޒްރޭލު ސަރުކާރުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާރ ބެން-ގަވިއަރ.. ފޮޓޯ: މިޑްލް އީސްޓް މޮނިޓަރ
ދުނިޔެ
19 Jun 2025 | 15:36
އަލް ޖަޒީރާއިން ފުރިހަމަ މަންޒަރުތައް ދައްކާތީ އިޒްރާއީލް ސަރުކާރު ރުޅިގަދަވެއްޖެ

އަލް ޖަޒީރާ ނިއުސް ޗެނަލްތަކުގެ ސަބަބުން އިޒްރާއީލްގެ ޤައުމީ ސަލާމަތަށް ގެއްލުންވާކަމަށްބުނެ، އެޤައުމުގެ ނެޝަނަލް ސެކިއުރެޓީ މިނިސްޓްރީން އަލް ޖަޒީރާ ހަބަރުތައް ބަލާމީހުންނާ ދެކޮޅަށް ނިކުމެއްޖެއެވެ.

މިކަމާ ގުޅޭގޮތުން އިޒްރާއީލްގެ ޤައުމުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާރ ބެން-ގަވިއަރ ބުނީ، އަލް ޖަޒީރާއަކީ އޭރުވެސް މިހާރު އިޒްރާއީލަށް އޮތް ނުރައްކަލެއްކަމަށެވެ. އިޒްރާއީލްގައި އަލް ޖަޒީރާގެ ހަބަރު ޗެނަލްތައް ބްރޯޑްކާސްޓްކުރުމާއި އެއްވެސް ސިފައެއްގައި އެ ޗެނަލްތައް ދެއްކުން އޮންނަނީ މަނާކޮށްފައެވެ. އިޒްރާއީލްގައި އަލް ޖަޒީރާ މަނާކުރިނަމަވެސް އެޤައުމުގައި އުޅޭ މީހުން އަލް ޖަޒީރާގެ ޗެނަލްތައް ބަލައެވެ.

އިޒްރާއީލުން ވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ކުރީކޮޅު އެޤައުމުގައި އަލް ޖަޒީރާ މަނާކޮށްފައެވެ. ސަބަބަކީ އިޒްރާއީލްގެ ސިފައިން އައްޒާގެ އާއްމުންނާ ދެކޮޅަށް ހިންގަމުންގެންދާ ޖަރީމާތަކުގެ ވާހަކަތައް ރިޕޯޓްކުރާތީއެވެ. މި މައްސަލާގައި އިޒްރާއީލުން ވަނީ މީގެ ކުރިން އަލް ޖަޒީރާގެ މެމްބަރުން ޑީޕޯޓްވެސް ކޮށްފައެވެ، އިޒްރާއީލުން ޢައްޒާއަށް ދެމުންދާ އިންސާނިއްޔަތާ ހިލާފް ހަމަލާތައް ގެނެސްދިނުމުގައި އަލްޖަޒީރާގެ ނޫސްވެރިންނާއި ވީޑިއޯ ގްރާފަރުން ދައްކާފައިވަނީ އާދަޔާ ހިލާފް ހިތްވަރެކެވެ. ނޫސްވެރިންގެ އާއިލާތަކުގެ މެމްބަރުން ޝަހީދުކުރަމުންދިޔަ ނަމަވެސް އަލް ޖަޒީރާއިން އަބަދުވެސް ބުނަމުން އަންނަނީ ފަހަތަށް ނުޖެހޭނޭ ކަމަށެވެ.

އިޒްރާއީލުން މިފަހަރު ގޯސްވީ އަލް ޖަޒީރާގެ ޗެނަލްތަކުން އީރާން/އިޒްރާއީލް ހަނގުރާމައިގެ ހަބަރުތައް ރިޕޯޓްކުރާތީއެވެ. މީގެ އިތުރުން އިޒުރޭލުގައި އަލް ޖަޒީރާ މަނާކޮށްފައި އޮންނައިރުވެސް އަލް ޖަޒީރާގެ ނިއުސް ޗެނަލްތައް ބަލާ މައްސަލައިގަވެސް އިޒްރާއީލްގެ ނެޝަނަލް ސެކިއުރެޓީ މިނިސްޓްރީން ވަނީ ރުޅިގަދަވެފައެވެ. އެ މިނިސްޓްރީން ވަނީ އަލް ޖަޒީރާގެ ޗެނަލްތައް ބަލާ އަދި ދެއްކުމުގައި ބައިވެރިވާ މީހުންނަށް ފިޔަވަޅު އަޅައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.

އިޒްރޭލުން އީރާނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކުގައި އިޒްރޭލުން ހީކުރިވަރަށްވުރެ ބޮޑެތި ގެއްލުންތައް އެޤައުމަށް ދަނީ ލިބެމުންނެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އިޒްރާއީލްގެ ޓެކްނޮލޮޖީއާ މެދު މިހާތަނަށް ކުރެވެމުން އައި އިތުބާރު، އީރާނުންދިން ރައްދު ހަމަލާތަކުގައި ގެއްލުވާލުމެވެ. މި ހަބަރުތައް ގެނެސްދިނުމުގައި އަލް ޖަޒީރާ އަދި ޓީއާރުޓީ ނިއުސް އޭޖެންސީގެ ދައުރު ވަރަށް ބޮޑުކަމަށް އެކި ފަރާތްތަކުން ފާހަގަކުރެއެވެ.

އީރާނުން އިޒްރާއީލަށް ދެމުން އަންނަ ހަމަލާތައް ލައިވް ބްރޯޑްކާސްކުރާ މައްސަލާގައި އިޒްރާއީލް ފުލުހުން ވަނީ، މިއަދުވެސް ޓީއާރުޓީއަށް އިންޒާރުދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.