މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލެއިން މަސްތުވާތަެއްޗާ އެކު ހައްޔަރު ކުރެވުނު މީހާ. ފޮޓޯ/ ދިވެހި ފުލުހުންގެ ހިދުމަތް---

މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލައަކާ ގުޅިގެން ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ގުޑްވިލް، އަޙްމަދު ޢަލީ (31އ) އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ މެންދަމު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލްކުރުމުގެ ތެރޭގައި ކަމަށެވެ.

ހުޅުމާލެއިން މަސްތުވާތަެއްޗާ އެކު ހައްޔަރު ކުރެވުނު މީހާގެ އަތުން ފެނުނު މަސްތުވާތަކެތި. ފޮޓޯ/ ދިވެހި ފުލުހުންގެ ހިދުމަތް---


އަހުމަދު އަލީ ހައްޔަރުކުރީ ހުޅުމާލޭ ހުވަނދުމާ ހިނގުން ސަރަހައްދު ޕެޓްރޯލްކުރަމުން ދިޔަ ވަގުތު އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެންނެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 19 ސެލޯފިންކޮޅު ވަނީ ފެނިފައެވެ. އަދި މި ތަކެތީގެ ބަރުދަނުގައި 15 ގުރާމެ ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓް