ޖެމްކިއު
ހަބަރު
21 Jun 2025 | 20:39
ޖެމްކިއުގައި އިންވެސްޓްކުރި މީހުންނަށް ކޮޅުކެހި. ސްކީމް ހުއްޓާލައިފި

ދިވެހިންގެ ގިނަ ބަޔަކު މިލިއަނުން އިންވެސްޓްކޮށްފައިވާ ޕިރަޕިޑް ސްކީމެއްކަމަށްވާ ޖެމްކިއު އެންމެފަހުން ހުއްޓާލައިފިއެވެ.

ޖެމްކިއު ހުޓާލިކަން އިއުލާނުކޮށްފައިވަނީ، އެ ސްކީމް ހިންގަމުން އަންނަ ރަސްމީ ޓެލެގްރާމް އެކައުންޓުގައެވެ. ޖެމްކިއު ސްކީމް ހުއްޓާލާފައިވާކަމަށް އިއުލާނުކޮށްފައިމިވަނީ، އެ ސްކީމުން ފައިސާ ނުނެގޭ މައްސަލަތަކެއް ފެންމަތިވެ، ގިނަ އަދަދެއްގެ ބަޔަކު ރުފިގަދަވެފައިވަނިކޮށެވެ.

ޖެމްކިޔު އިން ފައިސާ ނުނެގިގެން އެ ބޭނުންކުރާ މީހުން ހިތްހަމަނުޖެހުން ފާޅު ކުރަމުންދަނިކޮށް، އެ ގުރޫޕު ހިންގާ ފަރާތުން ވަނީ، ފައިސާ ނުނެގޭ ސަބަބު ހާމަކޮށްދިނުމުގެ ގޮތުން ފޭކު ސިޓީއެއް އެ ގުރޫޕަށް ލާފައެވެ. އަދި ފައިސާ ވިތުޑްރޯ ނުކުރެވެނީ އިންޓަނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ރިވިއުއެއް ކުރިއަށް ގެންދާތީ ކަމަށާ އެއީ އާއްމު އުސޫލުން ކުރިއަށް ގެންދާ ރިވިއުއެއް ކަމަށް އެމީހުން އޭރު ވަނީ ބުނެފައެވެ. ކަންކަން އާއްމު ހާލަތަކަށް އައުމުން އަނެއްކާވެސް ފައިސާ ނެގޭނެ ކަމަށް ބުނެ އިންވެސްޓްކުރި މީހުން މައިތިރި ކުރުމަށް އެމީހުން ވަނީ ވަރަށް މަސައްކަތްކޮށްފައެވެ.

ޖެމް ސްކީމް ހުއްޓާލިކަން ހާމަކުރަމުން އެ ގްރޫޕްގައި ބުނެފައިވަނީ، މިފަދަ އެހެން ޕްރޮޖެކްޓެއްގައި ބައިވެރިވެފައިވާކަމަށާއި، އެ ޕްރޮޖެކްޓާ ގުޅުމަށް އެދޭކަމަށެވެ. އެގޮތުން އެ ޕްރޮޖެކްޓަކީ ރައްކާތެރި ޕްރޮޖެކްޓެއްކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް ރާއްޖޭގެ މާލީއިދާރާ ރެގިއުލޭޓްކުރާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ވަނީ އެއީ ރަޖިސްޓްރީނުކޮށް ހިންގާ ސްކީމެއްކަމަށާއި އެ ސްކީމްގައި އިންވެސްޓްނުކުރުމަށް އެދިފައެވެ. އެގޮތުން އެއީ ޕިރަމިޑް ސްކީމެއްކަން ސީއެމްޑީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ގިނަ އަދަދެއްގެ ބަޔަކު ޖެމް ސްކީމްގައިޮ ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި އެކި ފަންތީގެ މީހުން ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ. ޖީއެމްކިއު ސްކީމަކީ ވަކި އަދަދަކަށް އިންވެސްޓްކުރުމުން ކޮންމެ ދުވަހަކު ވެސް ދެ އިންސައްތަ ނުވަތަ އެއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ލިބޭ ސްކީމެކެވެ. އެއީ، ޕިރަމިޑް ސްކީމެއްކަން މިހާރު ކަށަވަރުކުރެވިފައިވާ ކަމަށާއި އެ ކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ދާދިފަހުން ބުނުމުން، އިންވެސްޓްކުރާ ފައިސާ ޑަބަލްކޮށްދޭނެ ކަމަށްބުނެ އިތުރު އިންވެސްޓަރުން ހޯދުމުގެ މަސައްކަތްވެސް ޖެމްކިޔު ހިންގާ ފަރާތުން ވަނީ ފަށާފައެވެ.

ކޮމެންޓް
ހާމް
ޚޮޅުކެހި ދިނީ ދިވެހި ސަރުކަަރުން ނާއި ނޫސް ވެރިން.
21 Jun 2025
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.