އިންޑިޔާގެ ކޮޗިން އިން ބޭރުކުރަން އުޅުނު ބޭސްތަށް. ފޮޓޯ/ އިންޑިޔާގެ ކަސްޓަމްސް
ހަބަރު
23 Jun 2025 | 11:13
ރާއްޖެއަށް ބޭސްތަކެއް އެތެރެ ކުރަން އުޅުނު 2 މީހަކު ކޮޗިން އެއަރޕޯޓުން ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް ރާއްޖެއަށް ގިނަ އަދަދެއްގެ ބޭސް އެތެރެކުރަން އުޅުނު 2 މީހަކު އިންޑިޔާގެ ކޮޗިން އިން ހިފަހައްޓައިފިއެވެ.

އިއްޔެގެ ވަގުތެއްގައި ކޮޗިން ކަސްޓަމްސްގެ އެއާ އިންޓެލިޖެންސް ޔުނިޓުން ވަނީ އެ ބޭސްތަކާއި އެކު 2 މީހަކު ހިފަހައްޓާފައިކަމަށާއި އެ ބޭސްތައް ފެނިފައިވަނީ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްތިބި 2 ދިވެހިންގެ އަތުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

ގިނަ އަދަދެއްގެ ބޭސް އެކްސްޕޯޓް ކުރާ ނަމަ ހާއްސަ ހުއްދައެއް ބޭނުންވީ ނަމަވެސް އެކަމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް އަދި ހުއްދައެއްވެސް އެމީހުން އަތުގަ ނެތެވެ. އިންޑިޔާގެ ކަސްޓަމްސްއިން ވަނީ އެމީހުން އަތުން ބޭސްތަށް އަތުލުމަށްފަހު އެމީހުން ދޫކޮށްލައިފައެވެ. އެހެންކަމުން އެމީހުން ވަނީ އިއްޔެގެ ވަގުތެއްގައި ރާއްޖެއަށް އައިސްފައެވެ. އެ މީހުންގެ އަތުން ފެނުނު ބޭހުގެ އަގު ތިން ލައްކަ އާއި ފަސް ލައްކަ ރުޕީސް އަށް އަރާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިކަމުގެ ސަބަބުން މި ބޭސްތަށް އިތުރަށް ތަހުލީލު ކުރުމުގެ މަސައްކަތް އިންޑިޔާގެ ކަސްޓަމްސްއިން މިހާރު ކުރަމުން އަންނައިރު، މަސްތުވާ ޒާތުގެ ބޭސް އޭގެތެރޭގައި ހުރިތޯ ބެލުމަށް އެ ބޭސްތަށް އިތުރަށް ތަހުލީލު ކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި މިއީ ވަގަށް ބޭސް ބޭރުކުރުމުގައި ހަރަކާތްތެރިވާ ނެޓްވޯކެއްގެ ތެރެއިން ހިނގި ކަމެއްތޯ ވެސް ބަލަމުން އަންނަ ކަމަށް އިންޑިޔާގެ ކަސްޓަމްސްއާ ހަވާލާދީ އެޤައުމުގެ މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

އިންޑިޔާގެ ކޮޗިންއިން އިން ރާއްޖެއަށް ގިނަ އަދަދެއްގެ ބޭސްތަކެއް އެތެރެ ކުރަން މަސައްކަތް ކޮށްފައި މި ދަނޑިވަޅަކީ ރާއްޖޭގައި އާންމުކޮށް ބޭނުންކޮށް އުޅޭ ބޭސް ލިބުން ދަތި ދުވަސްވަރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.