އެމްއެމްޕީއާރުސީން މިދިޔަ އަހަރު ރާއްޖެއިން ބޭރުގައި ބޭއްވި ފެއާއެއް... ފޮޓޯ: އެމްއެމްޕީއާރުސީ
ހަބަރު
24 Jun 2025 | 18:12
ރާއްޖެ އިސްތިހާރުކުރަން އެމްއެމްޕީއާރުސީން މިދިޔަ އަހަރު ކުރި ހޭދަ، ދަށަށް

މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރާއްޖެ އިސްތިހާރުކުރުމަށް މިދިޔަ އަހަރު ކުރި ހޭދަ، ދަށަށް ގޮސްފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް ދޭ ބަޖެޓް ކުޑަވުމުގެ މައްސަލައަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން އަބަދުވެސް ފާހަގަކުރާ މައްސަލައެކެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އެމްއެމްޕީއާރުސީގެ 2024 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައި ވާގޮތުން 2023 ވަނަ އަހަރު ރާއްޖެއިން ބޭރުގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް ބޭއްވި ހަރަކާތްތަކަށް 128.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރު ރާއްޖެ އިސްތިހާރުކުރުމަށް ހޭދަކޮށްފައިވަނީ، 110.6 މިލިއަން ރުފިޔާއެވެ.

ސަރުކާރުން މިދިޔަ އަހަރު އެމްއެމްޕީއާރުސީއަށް އެހީގެ ގޮތުގައި 154،200،000 ރުފިޔާ ވަނީ ދީފައެވެ. މި ފައިސާއިން މިދިޔަ އަހަރު އެމްއެމްޕީއާރުސިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ، ރާއްޖެއިން ބޭރުގައި ފެއާތަކުގައި ބައިވެރިވުމަށެވެ.

އެމްއެމްޕީއާރުސީން ޓޫރިޒަމް އިސްތިހާރުކުރުމަށް 2024 އަހަރު ކުރި ހޭދަ (ރުފިޔާއިން)

- ފެއާތަކަށް: 89،284،768 

- ޕީއާރު އެންޑް ފެމް ޓްރިޕްސް: 10،443،818

- އިވެންޓްތަކަށް: 3،840،016

- އިންތިހާރުޖެހުމަށް: 3،562،600

- ޕްރޮމޯޝަނަލް މެޓީރިއަލް: 3،269،289

ސަރުކާރުން މިދިޔަ އަހަރު އެމްއެމްޕީއާރުސީއަށް ދިން އެހީގެ އިތުރުން އެ ކޯޕަރޭޝަނަށް ލިބުނު އާމްދަނީއަށް ބަލާއިރު، 22.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އާމްދަނީގެ ގޮތުގައި އެންމެގިނައިން ފައިސާ ލިބިފައިވަނީ ފެއާތަކުގައި ބައިވެރިވުމަށް ޓޫރިޒަމް ކުންފުނިތަކުން ދިން ފައިސާއިންނެވެ. ފެއާތަކުގައި ބައިވެރިވުމަށް ދޭ ފީގެ ގޮތުގައި 19.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މެމްބަރޝިޕް ފީގެ ގޮތުގައި ވަނީ 2.5 މިލިއަން ރުފިޔާ ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.