އެމިރޭޓްސް އެއަރލައިންސްގެ ފްލައިޓެއް. ފޮޓޯ/ އެމިރޭޓްސް
ވިޔަފާރި
25 Jun 2025 | 16:52
އެމިރޭޓްސް އެއަރލައިނުގެ ދަތުރުތަށް އާންމު ހާލަތަށް

މެދުއިރުމަތީގެ ހާލަތު ގޯސްވުމުގެ ސަަބަބުން ބައެއް މަންޒލްތަކަށް އުދުހުންތައް މެދުކަނޑާލި އެމިރޭޓްސް އެއަރލައިންސްގެ ދަތުރުތަށް އަލުން ފަށައިފިއެވެ.

އެމިރޭޓްސް އެއަރލައިންސް އިން ބުނެފައިވާ ގޮތުގައި އެ އެއަރލައިންގެ ދަތުރުތަށް މަޑުޖައްސާލާފައިވަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްކަމަށެވެ. އެމިރޭޓްސް އެއަރލައިނުން ބުނީ މިދިޔަ 2 ހަފްތާ ތެރޭގައި އެކަނިވެސް 5،800 ދަތުރު ކޮށްފައިވާނެ ކަމަށާއި އެދަތުރުތަކުގައި 1.7 މިލިއަން ޕަސިންޖަރުން އެ އެއަރލައިނުން ހިދުމަތްހޯދާފައިވާކަމަށެވެ.

އެމިރޭޓްސް އިން ވަނީ އައްމާން އާއި ބައިރޫތު ފަދަ ސިޓީތަކަށް ކުރަމުން އައި ދަތުރު މެދުކަނޑާލި ނަމަވެސް، މިހާރު އެ ސަރަހައްދުތަކަށް އަލުން ފަށާފައިވާ ކަމަށެވެ.

އެމިރޭޓްސް އެއަރލައިންސް އިން ބުނީ، އެ އެއަރލައިން އިން އެންމެ އިސްކަމެއް ދޭނީ ޕަސިންޖަރުންގެ ރައްކާތެރިކަމަށެވެ. އެމިރޭޓްސް އެއަރލައިންސް އަކީ ދުނިޔޭގައި އެންމެ މަގުބޫލު އެއަރލައިންތަކުގެ ތެރެއިން އެއް އެއަރލައިންނެވެ. އަދި އެ އެއާލައިނަކީ އެންމެގިނަ މަންޒިލްތަކަށް ދަތުރުކުރާ އެއާލައިންތަކުގެ ތެރޭގައި އެންމެ ކުރީގައި އުޅޭ އެއް އެއާލައިނެވެ. އެމިރޭޓްސްއިން ރާއްޖެއަށްވެސް ކޮންމެ ދުވަހަކު އުދުހުންތައް ބާއްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.