ރާއްޖޭގެ އެންމެ ހިތްގައިމު ރިސޯޓް ޕޫލްގެ ލަޤަބު ވިލާ ނޮޓިކާ ޕެރެޑައިސް އައިލެންޑްއަށް އެރުވުން: ފޮޓޯ/ ވިލާ ނޮޓިކާ
ވިޔަފާރި
26 Jun 2025 | 13:49
ރާއްޖޭގެ އެންމެ ހިތްގައިމު ރިސޯޓް ޕޫލްގެ ލަޤަބު ވިލާ ނޮޓިކާ ޕެރެޑައިސް އައިލެންޑްއަށް!

ވިލާ ނޮޓިކާގެ އެންމެ ޙާއްސަ އެއް ފަރުމާކުރުން ކަމަށްވާ ރިސޯޓުގެ މެދުގައި ދޫލައެއްހެން ދަމާލާ 1،350 އަކަމީޓަރުގެ އިންފިނިޓީ ޕޫލް އަށް ޓްރެވަލް + ލީޝާރ އޭޝިއާ ޕެސިފިކް ލަގްޒަރީ އެވޯރޑްސް 2025 ގެ މި އަހަރު ރާއްޖޭގެ އެންމެ ހިތްގައިމު ރިސޯޓް ޕޫލްގެ ލަޤަބު ލިބިއްޖެއެވެ. 

މާލެ އަތޮޅު އުތުރުން، ކުރީގެ ޕެރަޑައިސް އައިލެންޑް އަލުން ތަރައްޤީކޮށް ވިލާ ނޮޓިކާގެ ނަމުން ހުޅުވުމަށްފަހު މި ޙާއްސަ އިންފިނިޓީ ޕޫލް އަށްވަނީ ފަތުރުވެރިން ބޮޑު މަގުބޫލުކަމެއް ލިބިފައެވެ. 

ރަށުގެ މެދުން "ސެންޓާރޕީސް" އެއްގެ ގޮތުގައި ފާހަގަކުރެވޭމި ޕޫލް އަކީ ބަލާ ބެލުމަށް ގޮސް ކަނޑުގެ ފެންގަނޑާ ގުޅޭހެން ހީވާ އިންފިނިޓީޕޫލްއެކެވެ.

މި  ޕޫލް ހުންނަ ސަރަހަށްދު ވަށައިގެން ވިލާ ނޮޓިކާއަށް ޒިޔާރަތްކުރާފަރާތްތަކަށް އަރާމުކޮށް އަވީގައި ޖައްސާލާ، ކޮފީ ބޯލާ، އެ ފަރާތްތައް ޗުއްޓީގައިހޭދަކުރާ ވަގުތުތަކަކީ އެންމެ ފުރިހަމަ ޚިދުމަތްލިބި، އެއްވެސް ހާސްކަމަކާ ނުލާ ހިނގާވަގުތުތަކަކަށް ހެދުމަށް ވިލާ ނައުޓިކާ ޕެރަޑައިސް އައިލެންޑްގެ ސްޓާފުން ޙާއްސަސަމާލުކަމެއް ދޭ ކަމަށް އެ ރިސޯޓުން ބުނެއެވެ. 

ރަށުގެ މެދުން ކަހަލަ ގޮތަކޮށް މޫދާ ދިމާލަށް އިރުއޮއްސޭފަޅިން ދަމާލާފައިވާ އިންފިނިޓީޕޫލްއަކީ ރާއްޖޭގެ މަޝްހޫރުވެފައިވާ ގުދުރަތީ ރީތިކަން ވަރަށް ފުރިހަމަޔަށް ދައްކުވައިދޭތަނެކެވެ. ހެނދުނުގެ ކޮފީ ގަޑިތަކާ ދިމާކޮށްވެސް މި ޕޫލްހިމެނޭ ސަރަޙަށްދަކީ ވިލާނޮޓިކާގެ ގެސްޓުންގެ މެދުގައި ވަރަށް ޚާއްސަ ތަނެއް ކަމަށް އެ ރިސޯޓުން ބުނެއެވެ. 

އެ ރިސޯޓުން އިތުރަށް ބުނީ، މި ސިގްނެޗާރ އިންފިނިޓީ ޕޫލް ތަޖުރިބާގެ އިތުރުން ވަށައިގެން ވިލާ ނޮޓިކާގެގެސްޓުންނަށް ޙާއްސަކޮށްދެވޭ ދުނިޔޭގެ ފެންވަރުގެ ޙިދުމަތްތަކަށް މިއަދު އެރިސޯޓުން ހާސިލްކޮށްފައިވާ މި އެވޯޑަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މީގެން ފާހަގަކުރެވެނީ، ވިލާ ރިސޯރޓްސް ގެ ބްރޭންޑް އިން އެންމެ ކޮލިޓީ ހޮޓެލްއެކްސްޕީރިއަންސަސް ތައްޔާރުކުރުމަށް ދޭ ސަމާލުކަމާއި، އެ މަސައްކަތުގެ އަގުވަޒަންކޮށް ވިލާ ނޮޓިކާ ޕެރެޑައިސް އައިލެންޑާމެދު ފަތުރުވެރިންގެ މެދުގައި އޮންނަގާތްކަން ކަމަށް އެ ރިސޯޓުން ފާހަގަކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.