އިޒްރޭލުން ދިން ހަމަލާތަކެއްގައި ޣައްޒާގެ އިމާރާތްތަކެއް ބިމާއި ހަމަވެފައި. ފޮޓޯ/ އަލް ޖަޒީރާ
ދުނިޔެ
26 Jun 2025 | 16:33
އެހީދޭ މަރުކަޒުތަކަށް ހަމަލާދީގެން އެކަނިވެސް ފަލަސްތީނުގެ 549 މީހަކު ޝަހީދުކޮށްލި

މީގެ މަހެއްހާ ދުވަސްކުރިން ޣައްޒާގައި ހިންގަން ފެށި ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީ.އެޗް.އެފް)އަށް އެހީ ހޯދުމަށް ދިޔަ ފަލަސްޠީނުގެ 549 މީހުން އިޒުރޭލުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ކަމަށް ފަލަސްތީނު ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފިއެވެ.

މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާގައި ހުންނަ އިންސާނީ އެހީ ފޯރުކޮށްދޭ މަރުކަޒުތަކަށް އިޒުރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 549 މީހުން ޝަހީދުވެ، 4،066 މީހަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ. އަދި ބަނޑުހައިހޫނުކަމުގައި ތިބި ފަލަސްޠީނުގެ އާންމުންގެ ތެރެއިން 39 މީހުން ގެއްލިފައިވާ ކަމަށްވެސް އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ މީހުން ގިނައިން އެއްވެއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް އިޒުރޭލުން ހިންގަމުންދާ ޖަރީމާތަކަކީ އިޒުރޭލުން ސީދާ ފުރިހަމަ ޒިންމާ އުފުލަންޖެހޭ ކަމެއްކަމަށާއި ބަނޑުހައިހޫނުކަމުގެ ތެރޭގައި ތިބި އާއްމުނަށް އަމާޒުކޮށް ދުރާލާ ރޭވިގެން ކޮންމެ ދުވަހަކު ގަސްތުގައި ވައިގެ މަގުންނާއި އެއްގަމުން އެތައް ބަޔަކު ޝަހީދުކުރަމުންދާކަމަށް އެ ބަޔާނުގައި ބުންޏެވެ.  

އިޒުރޭލުގެ ސިފައިން ދަނީ ކޮންމެ ދުވަހަކުހެން ޣައްޒާގައި ހުންނަ އިންސާނީ އެހީ ފޯރުކޮށްދޭ މަރުކަޒުތަކާއި މީހުން އެއްވެއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ވައިގެ މަގުންނާއި އެއްގަމުން ބަޑީގެ ހަމަލާތަށް ދެމުންނެވެ. މިކަމާ ގުޅިގެން ޔުނިސެފުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިޒްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަލަސްޠީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެކަނިވެސް ފަލަސްޠީނުގެ ކުށެއްނެތް 56،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް