އިޒްރޭލުން ދިން ހަމަލާތަކެއްގައި ޣައްޒާގެ އިމާރާތްތަކެއް ބިމާއި ހަމަވެފައި. ފޮޓޯ/ އަލް ޖަޒީރާ
ދުނިޔެ
28 Jun 2025 | 11:02
ފަލަސްޠީނުގެ ޣައްޒާގައި އިޒުރޭލުން ހިންގަމުންދާ ގަތުލު އާންމުތަކަށް ނިމުމެއް ނާދޭ

ފަލަސްޠީނުގެ ޣައްޒާގައި ނިރުބަވެރި އިޒުރޭލުން ހިންގަމުންދާ ގަތުލު އާންމުތަކުގައި ހުކުރު ދުވަހު އެކަނިވެސް ފަލަސްޠީނުގެ 100 މީހުން ޝަހީދުކޮށްލައިފިއެވެ.

އަނެއްކާވެސް އިޒުރޭލުން ހަމަލާ ދީފައިމިވަނީ އިންސާނީ އެހީ ފޯރުކޮށްދޭ މަރުކަޒަކަށް ގޮސްތިބި ފަލަސްޠީނުގެ އާންމުންނަށާއި ޓެންޓުތަކުގައި ހިޔާވަހިކަން ހޯދަމުންދިޔަ ފަލަސްޠީނުގެ އާންމުންނަށް އަމާޒުކޮށެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި އިޒުރޭލުން ދަނީ ދުރާލާ ރޭވިގެން މިފަދަ މީހުން އެއްވެއުޅޭ ބައިބޯ ސަރަހައްދުތަކަށް އަމާޒުކޮށް ބަނޑުހައިހޫނުކަމުގެ ތެރޭގައި ތިބި އާއްމުނަށް ކޮންމެ ދުވަހަކު ވައިގެ މަގުންނާއި އެއްގަމުން ހަމަލާދީ އެތަކެއް ބަޔަކު ޝަހީދުކުރަމުންނެވެ.

އިޒުރޭލުން ފަލަސްޠީނުގެ އާންމުންނާ ދެކޮޅަން ހިންގާ ޖަރީމާތަށް ދުވަހެއް ދުވަހަކަށް އިތުރުކޮށް ފަލަސްތީނުގެ އާންމުން ޝަހީދުކުރަމުން ދިޔުމުގެ ސަބަބުން މުޅި ދުނިޔޭގެ ނުރުހުން އިޒުރޭލަށް ވަނީ އަމާޒުވެފައެވެ. އަދި ހަމައެހެންމެ، ބައިނަލްއަގުވާމީ ޖަމުއިއްޔާ ޖަމާއަތްތަކުންވެސް ދަނީ އިޒުރޭލުގެ ނިރުބަވެރި އަމަލުތަށް ކުށްވެރިކޮށް ބަޔާންތަށް ނެރެމުންނެވެ. އިޒުރޭލުގެ މި ނިރުބަވެރި އަމަލުތަކާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުގެ ފިއްތުންތައް އިޒުރޭލަށް ވަނީ ކުރިމަތިވެފައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި އިޒުރޭލުން ވަނީ ޣައްޒާގައި ހުންނަ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީ.އެޗް.އެފް)އަށް އެހީ ހޯދުމަށް ދިޔަ ފަލަސްޠީނުގެ 500 އަށް ވުރެ ގިނަ މީހުން އެންމެ މަހެއްގެ ތެރޭގައި ޝަހީދުކޮށްލައިފައިވާ ކަމަށާއި މިހަމަލާތަކުގައި 4،066 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ބައިނަލްއަގުވާމީ އިދާރާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފަރާތްތަކުން ބުނާގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންގެންދާ މި ހަމަލާތަަކަކީ ފަލަސްޠީނު ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ގޮތުން ހިންގަމުނަދާ ޖަރީމާއެއް ކަމަށާއި މިކަމުގެ ފުރިހަމަ ޒިންމާ އިޒުރޭލުން ފުރިހަމައަށް އުފުލަންޖެހޭނެކަމަށެވެ.

އިޒުރޭލުން އިންސާނީ އެހީ ފޯރުކޮށްދޭ މަރުކަޒުތަކަށް އަމާޒުކޮށް ސިލްސިލާކޮށް ހަމަލާ ދެމުން ގެންދިއުމުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންދަނީ އިންސާނީ އެހީ ފޯރުކޮށްދޭ މަރުކަޒުތަކަކީ އިންސާނުން ކަތިލާ ތަންތަނުގެ ގޮތުގައި ސިފަ ކުރަމުންނެވެ.

އިޒުރޭލުން ޣައްޒާއަށް ދެމުންއަންނަ ހަމަލާތަށް އިތުރުވެފައިވާ މިދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ  ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހަމައަށް މިހާރު އާދެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިކަމާ ގުޅޭ މަޝްވަރާ ފެށުމަށް ހަމަޖެހިފައިވާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އިޒުރޭލުން ބައިނަލްއަގުވާމީ މުއާހަދާތަކާއި ހިލާފުވެ، ބޮޑު ގަތުލުއާންމެއް ހިންގަމުންދާއިރު، ޔަހޫދީ ދައުލަތަށް މިކަމުގައި އެންމެ ބޮޑަށް އެހީތެރިވަމުން އަންނަނީ އެމެރިކާއިންކަން ފާހަގަކޮށްލަންޖެހެއެވެ. އެ ގޮތުން އިޒުރޭލަށް ނިއުކުލިއަރ ހަތިޔާރު ފޯރުކޮށްދީ ޣައްޒާގައި ނަސްލު ނައްތާލުމުގެ ގޮތުން ޖަރީމާތަށް ހިންގުމުގެ އެންމެ އަޑިގައިވެސް ވަނީ އެމެރިކާއެވެ.

ނިރުބަވެރި އިޒްރޭލުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އެކަނިވެސް ފަލަސްޠީނުގެ ކުށެއްނެތް 56،331 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި މި ހަމަލާތަކުގައި ފަލަސްޠީނުގެ 132،632 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް ޣައްޒާގެ ހެލްތު މިނިސްޓްރީން ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް