ބަނޑުހައިހޫނުކަމުގައި ތިބި ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ހޯދަނީ. ފޮޓޯ/ އަލް-ޖަޒީރާ--
ދުނިޔެ
29 Jun 2025 | 10:39
ބަޑުހައިހޫނު ކަމުގައި ޣައްޒާއިން 66 ކުޑަކުދިން ޝަހީދުވެއްޖެ

އިޒުރޭލު-ޣައްޒާ ހަނގުރާމަ ފެށުނުފަހުން ކާބޯތަކެތި ނުލިބި، ބަނޑުހައިހޫނުކަމުއި ޣައްޒާއިން 66 ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިޔާ އޮފީހުން ބުނެފިއެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިޔާ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިޒުރޭލުން ފަލަސްޠީނުގެ އާންމުންނާ ދެކޮޅަށް ކޮންމެ ދުވަހަކު އެތަކެއް ޖަރީމާތަކެއް ހިންގަމުންދާ ކަމަށާ، އިޒުރޭލުން ޣައްޒާގެ ބޯޑަރުތަށް ބަންދުކޮށް އެހީގެ ޓްރަކުތަކަށް ވަނަނުދީ ހިފަހައްޓާފައިވާކަމަށެވެ. އަދި ނަސްލު ހޭދަކުރުމުގެ ގޮތުން ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި އިޒުރޭލުން ބޭނުންކުރަމުން އަންނަ ކަމަށް ވެސް އެބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ޣައްޒާގެ ކުޑަކުދިންނާ ދެކޮޅަށް ހިންގާ މިފަދަ ޖަރީމާތަށް ކުއްވެރިކޮށް އެބަޔާނުގައި ބުނެފައިވަނީ މިފަދަ ޖަރީމާތަށް އިޒުރޭލުން ޣައްޒާގެ ކުޑަކުދިންނާމެދު ހިންގި ނަމަވެސް މުޅި ދުނިޔެ އޮތީ ހިމޭންވެފައިކަމަށާއި އެއްވެސް ބަޔަކު މިކަމާ ދެކޮޅަށް އަޑު ނުއުފުލާކަމަށެވެ.

އަދިހަމައެހެންމެ، އިޒުރޭލުގެ މަދަދުގާރުން ކަމަށްވާ އިނގިރޭސި ވިލާތާއި، އެމެރިކާއާއި، ޖަރުމަން ވިލާތުގެ އިތުރުން ފަރަންސޭސި ވިލާތުން މިކަމަށް އެންމެ ފުރިހަމައަށް ޒިންމާނަގަން ޖެހޭނެކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އަދިހަމައެހެންމެ އދ އިން ވެސް ޣައްޒާގެ ބޯޑަރުތަށް ހުޅުވުމަށް އިޒުރޭލަށް ފިއްތުންތަށް ކުރިމަތި ކުރަން ޖެހޭ ވަގުތު އައިސްފައިވާކަމަށް އެބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވެއެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ޣައްޒާގެ ސަރުކާރުގެ މީޑިޔާ އޮފީހުން މިފަދަ ބަޔާނެއް ނެރެފައިމިވަނީ ޣައްޒާގައި ބަނޑުހައިހޫނުކަން ތަހައްމަލްކުރާ ކުޑަކުދިންގެ އަދަދު ނުރައްކާ ހާލަތަކަށް އިތުރުވެފައިވާކަމަށް ޔުނިސެފް އިން ބުނެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ހުސްވި މެއި މަހު އެކަނިވެސް 6 މަހާއި 5 އަހަރާއި ދެމެދުގެ 5,119 ކުދިން ޣައްޒާގައި ބަނޑުހައިހޫނުކަން ތަހައްމަލްކުރަމުންދިޔުމުގެ ސަބަބުން އެނދުމަތިކޮށްފައިވާ ކަމަށް ޔުނިސެފްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޣައްޒާގައި ބަނޑުހައިހޫނުކަން ތަހައްމަލްކުރާ ކުޑަކުދިންގެ އަދަދު ކުރިއަށް އޮތްތަނުގައި އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް