މެންބަރު ކުޑޫ. ފޮޓޯ/ މަޖިލިސް---
ހަބަރު
30 Jun 2025 | 12:15
ފުލެޓް ހަވާލުކުރުން ލަސްކުރަމުންދާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި

ނިމިދިޔަ ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާއި ހަވަާލުކޮށްގެން އިމާރާތްކޮށްފައިވާ 4000 ފުލެޓް ހަވާލުކުރުން ލަސްވަމުންދާތީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ނިމިދިޔަ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކޮށްފައިވާ 4000 ފުލެޓް ލިބޭ ފަރާތްތަކާއިއެކު، މި ފެށޭ ޖުލައި މަހުގައި އެއްބަސްވުމުގައި ސޮއި ކޮށް ފުލެޓް ހަވާލު ކުރާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު، ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެފައިވީ ނަމަވެސް، ފްލެޓު ލިބިފައިވާ ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފައިނުވާތީ އާއި، ފްލެޓު ހަވާލުކުރުން ލަސްވާ މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކުއްލި މައްސަލައެއް ވަނީ ހުށަހަޅުއްވާފައެވެ. 

ކުއްލި މައްސަލައަކީ ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކާ ގުޅޭ މައްސަލައެއްނޫންކަމަށާއި ކުއްލި މައްސަލައިގައި ބަޔާންކުރާ ކަމަކީ ކުއްލިއަކަށް ދިމާވި ކަމަކަށް ވާންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ ވިދާޅުވެފައެވެ.

މެމްބަރު މުޙައްމަދު އިބްރާހީމް އިތުރަށް ވިދާޅުވެފައިވަނީ ނިމިދިޔަ ސަރުކާރުގެ ލިސްޓުގައިވާ ގޮތަށް ފްލެޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ހަވާލުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ރިޔާސީ ކެމްޕޭނުގައި ވިދާޅުވެފައިވީ ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހުގައި އެކި އުޒުރުތަށް ދައްކަވައި ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓް ހަވާލުކޮށްފައިނުވާ ކަމަށެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ނިމިދިޔަ ސަރުކާރުން އާންމުކުރި ފްލެޓް ލިސްޓުގައި އެއްވެސްކަހަލަ މައްސަލައެއް ނެތްކަން ހުސްވި މެއި މަހުގެ 25 ވަނަ ދުވަހު އަދުގެ ސަރުކާރުން ނިންމުމުން ހާމަވެފައިވާކަމަށް މެމްބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާ މައްސަލައެއްކަމުން މި މައްސަލައާ ގުޅޭގޮތުން މަޖިލީހުގައި ބަހުސްކުރުމަށް މެމްބަރު މުޙައްމަދު އިބްރާހީމް ވަނީ ހުށަހަޅުއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.