59 ވަނަ މިނިވަން ދުވަހު ބޭއްވުނު ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ/ ރައީސް އޮފީސް---
ހަބަރު
30 Jun 2025 | 16:23
މިނިވަން 60 ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތަކެއް ބާއްވަނީ

މިނިވަން 60 ފާހަގަކުރުމުގެ ގޮތުން މިއަހަރު ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި އެކަމާގުޅޭ އެންމެފަހުުގެ އެންމެ ފަހުގެ ތައްޔާރީތަށްވަމުން އަންނަކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ރާވައި ހިންގުމަށްޓަކައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، ދަޢުލަތުގެ މުއައްސަސާތަކާއި އެސްއޯއީތަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ އިތުރުން ކެޑޭޓް ކޯގެ ގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތްތަށް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން ދުވަހުގެ މުއްދަތަކަށް ބަހާލައިގެންނެވެ.

އެގޮތުން ޖުލައި 26 ވާ ހޮނިހިރު ދުވަހުގެ ހެނދުނު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިދަ ނެގުމުގެ ރަސްމިއްޔާތަކުން އެ ދުވަސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެދުވަހު ހަވީރު މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ހެވިކަމުގެ ކުޅިވަރާއި، އެމްއެންޑީއެފްއާއި ކެޑޭޓްކޯގެ ޕެރޭޑު، 4 ސްކޫލެއްގެ 2 ހަރާކާތްގެ އިތުރުން ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސަޤާފީ އައިޓަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދިހަމައެހެންމެ، އެދުވަހު ރޭގަނޑު މާލޭގައި ފުޅަނދުބުރެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޖުލައި 27 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 ގައި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެދުވަހުގެ ހަވީރުގެ ވަގުތުގައި، މާލޭގެ ބޮޑެތި މަގުތަކުގައި ޕެރޭޑަކާއި ރޫޓް މާޗްއެއް ކުރިއަށް ވަނީ ނިންމާފައެވެ. އެދުވަހު ރޭގަނޑު ހުޅުމާލޭގައި ހަވާއެރުވުމުގެ ހަރަކާތަކާއި ފުޅަނދުބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޖުލައި 28 ވަނަ ދުވަހުގެ ހެނދުނު، ދަޢުލަތަށް ދިގު މުއްދަތަށް ޚިދުމަތްކުރުމުގެ ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިދުވަހު ހަވީރު ހުޅުމާލޭގައި ޕެރޭޑާއި ރޫޓްމާޗް ކުރިއަށްދާނެއެވެ. މިނިވަން 60 ގެ ހަރަކާތްތައް ނިންމާލާނީ އެދުވަހުގެ ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑާއި ރޫޓްމާޗްއިންނެވެ. 

މި ހަރަކާތްތަކުގެ އިތުރުން ފޮޓޯގްރަފީ މުބާރާތަކާއި، ސްކޫލް ދަރިވަރުންނަށް މަޒުމޫނު ލިޔުމާއި ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މިނިވަން 60ގެ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، ކޮންމެ އަހަރަކުވެސް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އަންނަނީ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުންނެެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.