މާލޭގައި ހުރި އެންމެ ރީތި އެއް މިސްކިތް -- ފޮޓޯ: ވޮއިސް
ހަބަރު
30 Jun 2025 | 21:23
މި އަހަރު 11 މިސްކިތާއި ދިއްދޫ އިސްލާމީ މަރުކަޒާއި ފުވައްމުލަކު މަރުކަޒު ހުޅުވާނެ

މި އަހަރު މި އަހަރު 11 މިސްކިތާއި ދިއްދޫ އިސްލާމީ މަރުކަޒާއި ފުވައްމުލަކު މަރުކަޒު ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ޝަހީމް ވަނީ މި އަހަރު ހުޅުވަން ހަމަޖެހިފައިވާ މިސްކިތްތަކާއި އިސްލާމީ މަރުކަޒު އަދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ތަފްސީލު ހިއްސާ ކޮށްފަ އެވެ. އެ ގޮތުން 11 މިސްކިތް މި އަހަރު ހުޅުވާނެ އެވެ. އަދި ދިއްދޫ އިސްލާމިކް ސެންޓަރާއި ފުވައްމުލަކު ސިޓީ ޤުރުއާނާބެހޭ މަރުކަޒު މި އަހަރު ހުޅުވާނެ އެވެ.

އެތަންތަން ހުޅުވާނެ ތާރީހުތައް ވެސް ވަނީ އާންމުކޮށްފަ އެވެ.

* ނ. މަނަދޫ މިސްކިތް - ޖޫން 30 

* ހއ. ދިއްދޫ އިސްލާމިކް ސެންޓަރު - ޖުލައި 15

* ޅ. ކުރެންދޫ މިސްކިތް - 1 ސެޕްޓެންބަރު

* އއ. ހިމަންދޫ މިސްކިތް - 5 ނޮވެންބަރު

* އއ. ދިގުރަށު މިސްކިތް - 30 ޖުލައި

* ލ. ގަން ތުނޑި މިސްކިތް - 15 ސެޕްޓެންބަރު

* ސ. މަރަދޫ މިސްކިތް - 15 އޮގަސްޓް

* ސ. މީދޫ މިސްކިތް - ނޮވެންބަރު 30

* ތ. ކަނޑޫދޫ މިސްކިތް - 31 ޑިސެންބަރު

* ތ. ދިޔަމިގިލި މިސްކިތް - ޖުލައި 30

* ފުވައްމުލަކު ދޫޑިގަން މިސްކިތް - ސެޕްޓެންބަރު 3

* ފުވައްމުލަކު ސިޓީ ޤުރުއާނާބެހޭ މަރުކަޒު - 1 އޮގަސްޓް

* ތ. ވަންދޫ މިސްކިތް - ޑިސެންބަރު 31

ސަރުކާރުން މިހާރުވެސް ވަނީ ހަތަރު ރަށެއްގައި އިސްލާމިކް ސެންޓަރުތައް އެޅުމަށް ނިންމާ ކޮންޓްރެކްޓަރުން ހޯދަން އިއުލާނު ކޮށްފަ އެވެ. އަދި އިތުރު 10 ރަށެއްގައި މިސްކިތް ހެދުމަށް ވެސް އިއުލާނު ކޮށްފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ