ބްރިޖުގެ ތަނބުތައް ޖަހާފައި: ފޮޓޯ/ ވޮއިސް
ހަބަރު
01 Jul 2025 | 09:39
ތިލަމާލޭ ބްރިޖުގެ ތަނބުތައް ޖަހައި، މުޅި ޕްރޮޖެކްޓްގެ %60 އަށްވުރެ ބޮޑުބައި ނިމިއްޖެ!

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ "ތިލަމާލެ" ބްރިޖުގެ ހުރިހާ ތަނބުތަކެއް ޖަހައި މުޅި މަސައްކަތުގެ %60 މަސައްކަތް ނިމިފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މުއްތަލިބް މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިލަމާލެ ބްރިޖުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށާ، އެއީ މުޅި މަޝްރޫއުގައި ވެސް ހިމެނޭ އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށެވެ. 

”އެއްގަމާއި ކަނޑުގެ 68 ސަރަހައްދެއްގައި 263 ތަނބު ވަނީ ޖަހާފައި. މިހާތަނަށް ތިލަމާލެ ބްރިޖު މަޝްރޫއުގެ، %60.84 މަސައްކަތް މިވަނީ ނިމިފައި.“ ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ. 

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 7 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފެށި މި މަޝްރޫއުއިން، އެ ސަރުކާރުގައި ނިމުނީ 29 އިންސައްތަ މަަސައްކަތެވެ.

މި ސަރުކާރު އުފެދި މިވީ މުއްދަތުގެ ތެރޭގައި ބްރިޖްގެ މަސައްކަތް ހަލުވިކޮށް ކަނޑައަޅާފައިވާ ތާރީހުތަކަށް މަސައްކަތްތައް ނިންމުމާއި ގުޅޭގޮތުން އިންޑިއާގެ އެކި ފެންވަރުގެ ބޭފުޅުންނާއެކު ވަނީ މަޝްވަރާތައް ކުރައްވާފަ އެވެ. އެ މަޝްވަރާތަކަށް ފަހު ކަނޑައަޅާފައިވާ ތާރީހުތަކަށް މަސައްކަތް ނިމޭނެ ކަމުގެ ޔާގީންކަން ރައީސް މުއިއްޒުއާ ސަރުކާރުގެ ވެރީން ވަނީ ދެއްވާފަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެޑައިގެން ހިސާބުން ފެށިގެން ބްރިޖުގެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މި އަހަރުގެ ނިޔަލަށް މާލެ-ވިލިމާލެ ގުޅާލެވި އަންނަ އަހަރުގެ ނިޔަލަށް ވިލިމާލެއާ ގުޅިފަޅު ބްރިޖުން ގުޅާލެވޭނެ ކަމަށެވެ.

މާލެ-ވިލިމާލެ ގުޅުވާލާ ތިލަމާލެ ބްރިޖުގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް މިހާރު ވަނީ ބަހައްޓާފަ އެވެ. އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގަައި މި ޕްރީކާސްޓްގެ އުސްމިނަކީ 8.2 މީޓަރު އަދި ފުޅާމިނަކީ 25.3 މީޓަރެވެ. އަދި މިއީ 216.04 މެޓްރިކް ޓަނުގެ ބަރުދަން ހުރި ޕްރީކާސްޓެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.