"ސޯލާ ސިޓީ" މަޝްރޫޢުގެ އެބްސްވުމުގައި ސޮއި ކުރުން: ފޮޓޯ/ ޕީއެސްއެމް
ހަބަރު
01 Jul 2025 | 10:37
ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް މަޝްރޫޢު 'ސޯލާ ސިޓީ' އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫޢު ކަމަށްވާ "ސޯލާ ސިޓީ" މަޝްރޫޢު ކުރިއަށް ގެންދަން ކެނެޑާގެ އެބްރެކްސަސް ޕަވަރ ކޯޕަރޭޝަންއާ އެކު އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގެ ތެރެއިންނެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށީގެ ވަޒީރު ތޯރިޤް އިބްރާހީމް އެވެ. އަދި އަބްރަކްސަސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޖޭމްސް ކޯލްޓާ އެޑީ އެވެ.

"ސޯލާ ސިޓީ" މަޝްރޫޢުގެ ދަށުން 100 މެގަވޮޓުގެ ސޯލާ ހަކަތަ އުފެއްދުމަށް ހަމަޖެހިފައިވެއެވެ. މިއީ ދިވެހިރާއްޖެ ތެލަށް ކުރާ ޚަރަދު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން، މި މަޝްރޫޢުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 42 މިލިއަން އެމެރިކާ ޑޮލަރުގެ ތެލުގެ ޚަރަދު ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައިވެއެވެ.

މި މަޝްރޫޢު 2027 ވަނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. 

މި މަޝްރޫޢުއަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ޤައުމުގެ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރައީސް މުޢިއްޒު އިއުލާންކުރައްވާފައިވާ މަޝްރޫއުގެ ދަށުން ހިންގާ މަޝްރޫއެކެވެ.

"ސޯލާ ސިޓީ" އެއްބަސްވުމުގެ އިތުރުން، ރާއްޖޭގެ ސަރުކާރުން ވަނީ ރެސިޑެންސް އަދި ރައްޔިތުކަން ލިބިގަތުމުގެ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް ޚާއްސަވެފައިވާ ބައިނަލްއަޤްވާމީ ފަރާތެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާ އެކު އިންވެސްޓްމަންޓް ޚިދުމަތްތަކުގެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.