މޯލްޑިވްސް-ސިންގަޕޯ ބިޒްނަސް ފޯރަމްގެ ތެރެއިން: ފޮޓޯ/ އިކޮނަމިކް މިނިސްޓްރީ
ހަބަރު
01 Jul 2025 | 11:49
އެސްއީޒެޑަށް މިހާތަނަށް 680 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް ކަށަވަރުވެއްޖެ: ސައީދު

ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި މިހާތަނަށް 680 މިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމުގެ ޔަގީންކަން ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގައި ކުރިއަށް ގެންދާ މޯލްޑިވްސް-ސިންގަޕޯ ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވަނީ، މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ކުރީ ސަރުކާރުން ވާރުތަވި ބޮޑު ދަރަންޏެއް އޮތް ކަމަށެވެ.

އޭގެ ސަބަބުން ރާއްޖޭގެ އިގްތިޞާދީ ހާލަތު އޮތީ ވަރަށް ނާޒުކުކޮށް ކަމަށާ، އެ ޙާލަތުން އަރައިގަތުމަށް ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. 

އެގޮތުން، މި ފަސް އަހަރުގެ ތެރޭގައި، އެސްއީޒެޑް މަޝްރޫޢުގެ ދަށުން 1 ބިލިއަން ޑޮލަރުގެ އިންވެސްޓަމަންޓް ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، އެ މަޝްރޫޢުއަށް މިހާރުވެސް 680 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ޔަގީންކަން ސަރުކާރަށް ލިބިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

މޯލްޑިވްސް-ސިންގަޕޯ ބިޒްނަސް ފޯރަމްގެ ތެރެއިން: ފޮޓޯ/ އިކޮނަމިކް މިނިސްޓްރީ

"އެސްއީޒެޑްގެ ޕޯޓްފޯލިއޯ މިހާތަނަށްއައިއިރު 680 މިލިޔަން އެމެރިކާ ޑޮލަރާއި ހަމައަށް އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ ޔަގީންކަންވަނީ ލިބިފައި. މިއީ ތާރީޚީ ކުރިއެރުންތަކެއް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، މި ފޯރަމްގެ ތެރެއިން، މިއަދު ވަނީ ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އިންވެސްޓްމަންޓްގެ އެއްބަސްވުމުގައި  ސޮއިކޮށްފަ އެވެ. އެއީ 187 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.

އެސްއީޒެޑްގައި ހިންގާ އިގްތިސޯދީ އިންވެސްޓްމަންޓްތަކުގެ އެންމެ ދަށް އަދަދަކީ 100 މިލިއަން ޑޮލަރު ކަމުގައި ރައީސް ވަނީ ކަނޑައަޅުއްވާފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ