އިޒްރޭލުން ދިން ހަމަލާތަކެއްގައި ޣައްޒާގެ އިމާރާތްތަކެއް ބިމާއި ހަމަވެފައި. ފޮޓޯ/ އަލް ޖަޒީރާ
ދުނިޔެ
02 Jul 2025 | 09:41
އިޒުރޭލުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޖަރީމާތަކުގައި ފަލަސްޠީނުގެ 1000 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުންފެށިގެން އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޖަރީމާތައް އިތުރުކޮށް، ފަލަސްޠީނުގެ 1،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުން ޣައްޒާގައި ނަސްލު ހޭދަކުރުމަށް ހިންގަމުންދާ ޖަރީމާތަކުގައި، ފަލަސްޠީނުގެ 56،331 އަށްވުރެ ގިނަ މީހުން މިހާތަނަށް ޝަހީދު ކޮށްލާފައިވާއިރު، 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާއިން، ފަލަސްޠީނުގެ ރައްޔިތުން ނުކުތުމަށް މަޖުބޫރުކުރުވާފައިވާ މި ދަނޑިވަޅުގައި ދުނިޔެ އެކަމަށް ސަމާލުކަން ދީފައިވަނިކޮށް، އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި ޖަރީމާތައް މިވަނީ އިތުރުކޮށްފައެވެ.

ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދެނީ ކޮން ބައެއް؟

މި ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. އެއީ އިސްރާއީލުގެ ބާރުތަކާއި ހުޅަނގު އައްސޭރީގައި ނުޙައްގުން ބިންފޭރިގަނެގެން އުޅޭ ޔަހޫދީންގެ މީހުންނެވެ.

މިފަދައިން ބިންފޭރިގަނެގެން އުޅޭ ޔަހޫދީން ކުއްލި ކުއްލިއަށް އަނިޔާވެރި އެތަކެއް ޖަރީމާތަކެއް ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ދެއެވެ. ފަލަސްޠީނު މީހުންގެ މުދާ ރަށް އަންދައި، މީހުންނަށް ހަމަލާދީ، އަދި އެމީހުން ގެތަކުން ކޮންމެ ދުވަހަކު ދަނީ ނެރެމުންނެވެ.

ހަމައެއާއެކު، ސެކިއުރިޓީ ބާރުތަކުން ރެފިއުޖީ ކޭމްޕްތައް ވަށައިލައި، އެތަންތަނަށް ހުއްޓުމެއްނެތި ދަނީ ހަމަލާދެމުންނެވެ. އިތުރު މީހުން އެމީހުންގެ ގެތަކުން ނުކުތުމަށް މަޖުބޫރުކުރުވައި، އަނބުރާ އެނބުރި ނާދެވޭ ގޮތަށް ފަލަސްޠީނުގެ ބިންތަކުން ފަލަސްޠީނުގެ ރައްޔިތުން ދަނީ ބޭރުކުރަމުންނެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިފަދައިން ނުޙައްގުން ފަލަސްޠީނުގެ ބިންތައް ފޭރޭ ޔަހޫދީންގެ އަތުގައި ސެމީ-އޮޓޮމެޓިކް ހަތިޔާރުތައް އިޒްރޭލުގެ ސަރުކާރުން ދީފައިވެއެވެ. އަދި ޣައްޒާގައި ހަނގުރާމަ ކުރުމަށް ފޮނުވާފައިވާ ސިފައިންގެ ބަދަލުގައި، ހުޅަނގު އައްސޭރީގައި ތިބި އިޒުރޭލުގެ އިސްތިއުމާރީ ބާރުތަކާ އެ ރަށްރަށުގައި ނުޙައްގުން ވަޒަންވެރިެގެން ތިބި ޔަހޫދީން ވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޖަރީމާތައް ހިންގުމަށް ބައިތިއްބާފައެވެ.

މިކަމުގެ ސަބަބުން ފަލަސްޠީނުގެ ބިންތަށް ފޭރިގަނެގެން ތިބި ޔަހޫދީންނަށް ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރިކަން އިތުރުކުރުމުގެ ބާރު ލިބިދީފައިވެއެވެ.

އިސްރާއީލުން މިކަން ކުރަނީ ކީއްވެ؟      

ފަލަސްޠީނުގެ ރައްޔިތުންނާއި، ކަމާ ގުޅުންހުރި މާހިރުންނާއި، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުއިއްޔާ ޖަމާޢަތްތަކާއި، އަދި މޮނިޓަރުން ބުނާ ގޮތުގައި، މިއީ ފަލަސްތީނުގެ ރައްޔިތުން އެޤައުމުން ނުކުމެގެން ދިއުމަށް މަޖުބޫރުކުރުވައި، އެމީހުންގެ ބިންތައް ފޭރިގަތުމަށް އިސްރާއީލުން ދުރާލައި ރާވައިގެން ހިންގަމުންދާ ޖަރީމާއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް