ކުޑަކުދީންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބޭއްވި އިހްތިޖާޖެއް -- ފައިލް ފޮޓޯ
ހަބަރު
02 Jul 2025 | 16:38
އިންޑިއާ މެއިޑެއްގެ އަނިޔާ ފަސް އަހަރުގެ ދަރިފުޅަށް, ފަޅާ އެރުމުން ގެއަށް ގެއްލުންދީ ފިލައިފި

އުމުރުން ފަސް އަހަރުގެ ދަރިފުޅު ބަލަން ގެނައި އިންޑިއާ މެއިޑަކު އެ ކުއްޖާއަށް އެކި ގޮތްގޮތުން އަނިޔާކުރަމުން ދަނިކޮށް އެކަން ފަޅާ އެރުމުން ފިލައިފި އެެވެ.

ކުއްޖާގެ މަންމަ ވަނީ އެކަން އާންމުންގެ ސަމާލު ކަމަށް ގެނައުމަށް އެ ވާހަކަތައް ހިއްސާކޮށްފަ އެވެ. އަނިޔާ ލިބުނު ކުއްޖާގެ މަންމަ ބުނީ އޭނާގެ ދަރިފުޅު ބަލަން މެއިޑަކު ގެނައިތާ ދުވަސްކޮޅެއްގެ ފަހުން އެ ދަރިފުޅު އަބަދުހެން އުޅެނީ ބިރުން ކަމަށެވެ. އަދި މެއިޑަށް ނިސްބަތްކޮށް އެއީ "އައްޗި ދައްތަ" އެއް ކަމަށް ބުނަން ފެށި ކަމަށެވެ.

އެކަމާ ގުޅޭގޮތުން އެތައް ފަހަރަކު ސުވާލުކުރުމުން ދަރިފުޅު އަތުގެ އިޝާރާތުން މެއިޑް ކަރުގަ ހިފާ އަނިޔާ ކުރާ ކަމަށް ބުނި ކަމަށެވެ. ފަހުން ކަން ވާގޮތް ބެލިއިރު މެއިޑް މީހާ ރުޅި އަންނަ ކޮންމެ ފަހަރަކު ކުއްޖާގެ ކަރުގައި ހިފާ އަނިޔާ ކުރާކަން އެނގުނު ކަމަށެވެ.

އެކަން ފަޅާއެރުމުން ވަރަށް ރުޅިއައިސްގެން އޭނާއާ ދިމާއަށް އެއްޗެހި ކީ ކަމަށާ އޭގެ ފަހުން އެ އަންހެން މީހާ މުޅި ބަދިގެތެރެއަށް ތެލާއި ރީންދޫ އަޅާ މުޅިތަން ހަޑިކުރުމަށް ފަހު ފިލައިގެން ގޮސްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހަށް ވެސް ހުށައެޅި ކަމަށާ ޖެންޑާ މެދުވެރިކޮށް މައްސަލަ ބަލަން ފުލުހުން އެދުނު ކަމަށެވެ. އަދި އެ އަންހެން މީހާ އަކީ އޭނާގެ ނަން މަތީގައި ރާއްޖެ އައިސްގެން އުޅޭ މީހަކަށް ނުވާތީ އެއީ ގާނޫނީ މައްސަލައެއްކަން ފުލުހުން ފާހަގަ ކުރުމުން އެ މައްސަލަ ދޫކޮށްލި ކަމަށެވެ. އެކަން އެގޮތަށް ކުރެވުނީ އެއީ ކުށެއްކަން ނޭންގި ކަމަށް ވެސް ކުއްޖާގެ މަންމަ ބުންޏެވެ.

އެ މީހާ ބުނީ އެ ވާހަކަތައް ހިއްސާކޮށްލީ ބިދޭސީ މެއިޑް މީހާއާމެދު އެހެން މީހުން ސަމާލުވުމަށެވެ. އެ އަންހެން މީހާގެ ވަނަވަރާއި ފޮޓޯ ވެސް ވަނީ އާންމުކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.