އެމްޑަބްލިއުއެސްސީގެ މައި އިމާރާތް... ފޮޓޯ: ވޮއިސް
ހަބަރު
03 Jul 2025 | 15:15
އެމްޑަބްލިއުއެސްސީއަށް ލިބެންޖެހޭ 847 މިލިއަނަށްވުރެ ގިނަ ރުފިޔާ އެބައޮތް: އޮޑިޓް

ޤައުމީ ފެންކުންފުނި، މޯލްޑިވްސް ވޯޓާ އެންޑް ސްވްރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް ލިބެންޖެހޭ 847 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތްކަމަށް ފެންކުންފުނީގެ މާލީބަޔާނުން ދައްކައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ފެން ކުންފުނީގެ 2024 ވަނަ އަހަރުގެ މާލީބަޔާނަށް ބަލާއިރު، އެކުންފުނިން ކުރި ވިޔަފާރިން މިދިޔަ އަހަރުގެ ނިޔަލަށް 847.7 މިލިއަން ރުފިޔާ ލިބެންޖެހެއެވެ. މިއީ 2023 ވަނަ އަހަރުގެ މާލީބަޔާނުން ދައްކާ އަދަާ އަޅާބަލާއިރު 231.1 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 2023 ވަނަ އަހަރު ނިމުނުއިރު ފެން ކުންފުންޏަށް 616.1 މިލިއަން ރުފިޔާ ލިބެންޖެހެއެވެ.

މާލީ ބަޔާނަށް ބަލާއިރު ފެންކުންފުންޏަށް ލިބެންޖެހޭ މައިގަނޑު އަދަދު ލިބެންޖެހެނީ އެކުންފުންޏާ ގުޅުންހުރި ފަރާތްތަކުންނެވެ. އެގޮތުން ސަރުކާރުގެ އެކި އިދާރާތަކުން ފެންކުންފުންޏަށް 770.1 މިލިއަން ރުފިޔާ ލިބެންޖެހެއެވެ. 

އެމްޑަބްލިއުއެސްސީއަށް ލިބެންޖެހޭ ފައިސާއާ އަޅާބަލާއިރު، އެކި ފަރާތްތަކަށް އެކުންފުނިން ދައްކަންޖެހޭ ފައިސާގެ އަދަދު ނިސްބަތުން ދަށެވެ. އެގޮތުން ފެންކުންފުނިން އެހެން ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި އުޅެނީ 46.2 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އެފްއެސްއެމަށް 18.7 މިލިއަން ރުފިޔާ ދައްކަންޖެހޭއިރު، ސްޓެލްކޯއަށް 17.4 މިލިއަން ރުފިޔާ އަދި އެޗްޑީސީއަށް 8.1 މިލިއަން ރުފިޔާ ދޭންޖެހެއެވެ. 

އެމްޑަބްލިއުއެސްސީއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ވަނީ 1.6 ބިލިއަން ރުފިޔާ ލިބިފައެވެ. އެންމެގިނައިން އާމްދަނީ ލިބިފައިވަނީ ޔުޓިލިޓީ ހިދުމަތްތަކުން ލިބުނު އެއްބިލިއަން ރުފިޔާ އާއި، އިމާރާތްކުރުމުގެ ބައިން ލިބުނު 347 މިލިއަން ރުފިޔާގެ އިތުރުން ފެނާ އައިސް ވިއްކައިގެން ލިބުނު 236 މިލިއަން ރުފިޔާއެވެ. ފެން ކުންފުންޏަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި ލިބިފައިވަނީ 226 މިލިއަން ރުފިޔާއެވެ. އެކުންފުންޏަށް 2023 ވަނަ އަހަރު ސާފްފައިދާގެ ގޮތުގައި ލިބިފައިވަނީ 2187 މިލިއަން ރުފިޔާއެވެ.

އެމްޑަބްލިއުއެސްސީއަކީ ދިވެހި ސަރުކާރުގެ 80 އިންސައްތަ އަދި ޖަޕާނުގެ ހިޓާޗީ ކުންފުނީގެ 20 އިންސައްތަ ހިއްސާވާ ދިވެހިންގެ ޤައުމީ ފެންކުންފުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.