ހުޅުމާލޭ ހޮސްޕިޓަލް
ހަބަރު
09 Jul 2025 | 09:59
ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ބުރޫ އަރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ހުޅުމާލެ ހޮސްޕިޓަލުން ދެމުންއަންނަ ޚިދުމަތްތަށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށާއި އެ ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތައް ހުއްޓުމުގެ ބިރު އެބައޮތް ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު އެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ބަލައިގަނެ، މިކަމަށް ބަހުސްކުރަން ފެނޭތޯ ނެގުނު ވޯޓުގައި ކުއްލި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވާފައިވަނީ އެންމެ 10 މެންބަރުންނެވެ. ބާކީ 37 މެމްބަރަކު ވަނީ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލަން ވޯޓް ދީފައިވެއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޑރ. ޝަމްހީދު ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލަކީ އެވްރެޖް ގޮތެއްގައި މަހަކު 15،000 އަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދަމުންދާ ހޮސްޕިޓަލެއްކަމަށާއި އަދި މަހަކު 330 އަށް ވުރެ ގިނަ މީހުންނަށް އެޑްމިޓްކޮށްގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ.

ޑރ. ޝަމްހީދު ވިދާޅުވެފައިވާ ގޮތުގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ސަރުކާރުން ހިންގާ ހޮސްޕިޓަލުތަކަށް ފަރުވާ ހޯދަން ދިޔުމަށް މަޖުބޫރުވެފައިމިވަނީ ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ހޯދާ ޙިދުމަތްތަކުގެ ހަރަދު އާސަންދައިން އެއްކޮށް ކަވަރުނުކުރާތީ ކަމަށާ، މިހާ ގިނަ ބަޔަކު ޚިދުމަތް ހޯދުމަށް އަންނަ އަންނަ ހޮސްޕިޓަލަކާމެދު އާންމުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކެއް އެބަހުރިކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލަކީ ސަރުކާރުން ހިންގާ ހޮސްޕިޓަލަކަށް ވީނަމަވެސް، އެތަނުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ގާއިމުކޮށްދީފައި ނުވާކަމަށާއި، އެކަށީގެންވާ މިންވަރަށް ބަޖެޓް ނުދިނުމުގެ ސަބަބުން ޑޮކްޓަރުންނާއި، ސްޕެޝަލިސްޓުންނާއި، ފަންނީ މީހުން ވަޒީފާއަށް ނެގުމުގައި ހުރަސްތަކަކާ ކުރިމަތިވަމުން އަންނަކަމަށް ޑރ. ޝަމްހީދު އިތުރަށް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.