އިޒްރޭލުން ދިން ހަމަލާތަކެއްގައި ޣައްޒާގެ އިމާރާތްތަކެއް ބިމާއި ހަމަވެފައި. ފޮޓޯ/ އަލް ޖަޒީރާ
ދުނިޔެ
10 Jul 2025 | 11:00
ޣައްޒާގެ ހޮސްޕިޓަލްތަކުން ތެޔޮ ހުސްވެ، ދުވަސް ނުފުރާ ވިހާފައިތިބި 100 އަށްވުރެ ގިނަ ކުދިން މަރުގެ ތުންފަތްމަތީގައި

ޣައްޒާގެ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ތެޔޮ ހުސްވެ، ތެޔޮ ނުލިބި ތެލުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެއްޖެއެވެ.

ޣައްޒާގެ އުތުރުގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލާއި ދެކުނުގައި ހުންނަ ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުން ބުދަ ދުވަހު ވަނީ، އެ ހޮސްޕިޓަލުތަކުން ތެޔޮ ހުސްވާން ކައިރިވެފައިވުމުގެ ސަބަބުން އެކި ފަރާތްތަކުގެ އެހީއަށް ވެސް އެދިފަ އެވެ.

މިކަމުގެ ސަބަބުން ދުވަސް ނުފުރާ ވިހާފައިވާ 100 އަށް ވުރެ ގިނަ ތުއްތު ކުދިންނާއި، 350 އެއްހާ ޑައިލިސިސް ފަރުވާ ހޯދަމުންދާ ބަލިމީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް އަލް ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރ، މުޙައްމަދު އަބޫ ސަލްމިޔާއާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެ އެވެ.

"އޮކްސިޖަން ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ހުއްޓިގެން ދާނެ. އޮކްސިޖަން ނުލިބޭ ހޮސްޕިޓަލަކީ އެއީ ހޮސްޕިޓަލެއް ނޫން. ލެބާއި ބްލަޑް ބޭންކްތައް ބަންދުވެ، ރިފްރިޖްރޭޓަރުތަކުގައި ހުރި ލޭގެ ޔުނިޓްތައް ހަލާކުވާނެ، މިކަމުގެ ސަބަބުން ހޮސްޕިޓަލުން ބަލި މީހުންނަށް ޝިފާ ލިބުމުގެ ބަދަލުގައި، ހޮސްޕިޓަލުގައި ތިބި ބަލި މީހުންނަށް އެތަނަކީ ގަބުރުސްތާނަކަށް ވެގެންދާނެ،"

ސަލްމިޔާ ވިދާޅުވި އެވެ.

ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލުން މިކަމާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ފިއުލް ކައުންޓަރު މިހާރު ސުމަކާ ގާތްކޮށްފައިވާ ކަމަށާއި މެޑިކަލް ޓީމުތަކުން ދަނީ "އެންމެ ފަހުގެ ނޭވާލަމުން" ކަމަށެވެ.

ނާސިރު ހޮސްޕިޓަލް ހިންގުމަށް ދުވާލެއްގެ މައްޗައް 4،500 ލީޓަރު (1،189 ގެލޯން)ގެ ތެޔޮ ބޭނުންވެއެވެ. އެހެންނަމަވެސް، މިހާރު ހުރީ އެންމެ 3،000 ލީޓަރު (790 ގެލޯން) ކަމަށް ނާސިރު ހޮސްޕިޓަލުގެ ތަރުޖަމާނު މުޙައްމަދު ސަކްރާއި ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީގައި ރިޕޯޓްކޮށްފައިވެ އެވެ. ސަކްރު ވިދާޅުވި ގޮތުަގައި ކަރަންޓާއި އެއާކޮންޑިޝަން ނެތި ސާޖަރީތައް ހަދަން ޑޮކްޓަރުންނަށް މިހާރު ވަނީ މަޖުބޫރުވެފަ އެވެ.

އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ މެއި މަހުގެ ނިޔަލަށް ޣައްޒާގެ 36 ހޮސްޕިޓަލަކަށް ބޮންއަޅާ ސުންނާފަތިކުރުމުގެ ސަބަބުން މިހާރު ޣައްޒާގައި ހިންގަމުން ދަނީ އެންމެ 19 ހޮސްޕިޓަލެވެ. އަދިހަމައެހެންމެ، އިސްރާއިލުން، ޣައްޒާގައި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ 1،500 އަށް ވުރެ ގިނަ ސިއްހީ ޚިދުމަތްތެރިން ވެސް ވަނީ ޝަހީދުކޮށްލައިފަ އެވެ.

ކަމާގުޅުންހުރި ފަރާތްތަކުން ބުނާގޮތުގައި ޣައްޒާގެ ހޮސްޕިޓަލުތަަކުން ތެޔޮ ހުސްވުމުގެ ކުރިން، ތެޔޮ ފޯރުކޮށް ނުދެވިއްޖެނަމަ، އެ ހޮސްޕިޓަލުތަކުން ފަރުވާ ހޯދަމުން އަންނަ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އަދިހަމައެހެންމެ، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި، ދުވަސް ނުފުރާ ވިހާފައިވާ ދިހަވަރަކަށް ތުއްތު ކުދިންނާއި، ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ ބަލިމީހުން ވެސް މީގެތެރޭގައި ހިމެނުމުގެ ފުރުސަތު ބޮޑުކަމަށް އެ ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި އިސްރާއީލުން އެމެރިކާގެ ބައިވެރިވުމާއެކު، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގައި އިސްރާއީލުން ދަނީ ތަފާތު އުކުޅުތައް ބޭނުންކޮށްގެން ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ހޭދަކުރަމުންނެވެ. އެގޮތުން ވައިގެ މަގުން ހަމަލާ ދީގެންނާއި، ބަޑީގެ ހަމަލާތަކާއި، ބަނޑުހައި ހޫނުކަމުގައި ބައިތިއްބުމުގެ އިތުރުން އަސާސީ އެހެނިހެން ޚިދުމަތްތަކުން މަހުރޫމްކޮށްގެން އިސްރާއީލުންދަނީ ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ހޭދަކުރަމުންނެވެ.

އިސްރާއީލުގެ މި ނިރުބަވެރި އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ޖަމުއިއްޔާ ޖަމާއަތްތަކުން އިސްރާއީލުގެ މި ޖަރީމާތަށް ކުށްވެރިކޮށް ބަޔާންތައް ނެރެމުންދިޔަ ނަމަވެސް، އިސްރާއީލުން ހުރީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނިރުބަވެރި ޖަރީމާތަށް ހުއްޓާލާ ގޮތަކަށް ނޫންކަން އެބައިމީހުންގެ ވާހަކަތަކުންނާއި އަމަލުން ދަނީ ފެންނަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް