އެމް 7 ރޯކޮއްލާނެ ކަމުގެ އިންޒާރު ދިން ކަމަށް ފުލުހަށް ހުށަހަޅައިފި

14 Oct 2018 | 18:51

ރިޔާސީ އިންތިހާގެ ވޯޓް ކަރުދާސް ޕްރިންޓް ކުރި ކުންފުނި ކަމަށްވާ އމް 7 ރޯކޮއްލާނެ ކަމުގެ އިންޒާރެއް ދީފައި ވާތީ އެކަން އެ ކުންފުނިން ޕޮލިހަށް ހުށައަޅުއްވައިފިއެވެ.

އެމް 7 އަށް ރޯކޮށްލާނެކަމުގެ އިންޒާރު ދީފައިވަނީ ވޯޓު ކަރުދާހާ ގުޅޭ ގޮތުން ހަގީގަތާ ހިލާފަށް ހެކިބަސް ދިނުމަށް އެދޭ ކަމަށް ބުނާ މައްސަލަ ބަލައި ދިނުމަށް އެމް7 އިން ފުލުހުންނަށް ހުށައެޅުމުންނެވެ. މިހެންކަމުން އެމް 7 އިން ވަނީ އެތަނުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ.

އެމްސެވަން އަށް ރިޝަވަތު ހުށައެޅުއްވި ކަމަށް ބުނެ މައުލޫމާތު ދެއްވި މުވައްޒަފަކު ވިދާޅުވީ ރިޝްވަތުގެ ގޮތުގައި އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކަކަށް ރިޝްވަތު ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށާ، ދިވެހި މުވައްޒަފުންނަށް އެއް މިލިއަން ރުފިޔާ ހުށަހެޅިއިރު ބިދޭސީ މުވައްޒަފުންނަށް 40،000 ޑޮލަރު ހުށަހެޅާފައިވާ ކަމަށެވެ.

ރިޝްވަތު ހުށައެޅުމުގައި އިސްކޮށް ތިއްބެވީ ރައީސް ޔާމީން ސަރުކާރުގެ އިސްވެރިންނާއި ޕީޕީއެމް އަށް ނިސްބަތްވާ މަޖްލިސް މެންބަރުން ކަމުގައި އެފަރާތުން މައުލޫމާތު ދެއްވައެވެ.

މިމައްސަލަ ވަނީ އޮކްޓޯބަރ 7 ގައި ފުލުހުންގެ އިދާރާއަށް އެމް ސެވަން ފަރާތުން ހުށަހަޅުއްވާފައެވެ.

Advertisement

ކޮމެންޓް

Advertisement