Advertisement

އޭޑީކޭޭގެ މުވައްޒަފުން ކުޑާ އާއިލާއެއް ހެއްވާލަދީ ދިވެހިން ރޮއްވާލައިފި

01 Jun 2019 | 12:43

އަޅުގަނޑުމެން އެންމެން މިދަނީ ރަަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތައް ގުނަމުންނެވެ. އަޅުކަމުގައި މަސްއޫލުވެ، ހެޔޮދަރުމައާއި ސަވާބު ހޯދުމަށް މަސައްކަތް ކުރަމުންދާ ހިނދު، އަޅުގަނޑުމެން ފަދައިން އުފާވެރި ދިރިއުޅުމެއްގެ ނަސީބު ނެތް ކިތައް ބަޔަކު މި ދުނިޔެ މަތީގައި ވާނެތޯ ވިސްނާލިންތޯއެވެ. އެފަދަ ކިތަންމެ ބަޔަކު މި ދިވެހިރާއްޖޭގައިވެސް އުޅެމުން އެބަދެއެވެ. އާންމުންގެ ލޮލަށް ފެންނަ ހާލުގައާއި ނުފެންނަ ހާލުގައެވެ.

މިއީވެސް އެފަދަ އާއިލާއެއްގެ ވާާހަކައެވެ. އަސާސީ ބޭނުންތައް ނުފުދި، އެތަކެއް އުފަލާއި ހިިނިތުންވުމުން މަހުރޫމްވެފައިވާ ލ.ހިތަދޫގެ އާއިލާއެއްގެ ވާހަކައެވެ.

ފަސް ކުދިންނާއި އެކުދިންގެ މަންމަ އުޅެނީ ބާ ޖިފުޓިގަނޑެއް ފަދަ ތަނެއްގައެވެ. ބިންމަތީގައި އަޅާލާނެ އެންމެ ބާާ ގޮދަޑި ގަނޑެކެވެ. އެ ހުރިހާ ކުދިން ނިދަނީ އެ ގޮދަޑީގެ މަތީގައެވެ. ސްކޫލަށް ދިއުމާއި ތައުލީމު އުނގެނުމުގެ އަސާސީ ހައްގު އެކުދިންނަށް ލިބިފައި ނުވެއެވެ. ފާހަނަ ކުރުމަށް އެ ފަރާތްތައް ދާންޖެހެނީ އަތިރި މައްޗަށެވެ. ބަައްޕައެއްގެ ލޯތްބާއި އަޅާލުމަކީ އެކުދިން ދަންނަ އިހުސާސެއް ނޫނެވެ.

އެ ނިކަމެތިކަމުގައި އެ ކުދިންގެ މަންމަ އެކުދިން ބަލާބޮޑު ކުރެވޭތޯ މަސައްކަތް ކުރަމުންދެއެވެ. އެހެނަސް އެ މަންމައަކީވެސް އެކި ކަހަލަ ގޯނާއާއި ފުރައްސާރައިގެ ޝިކާާރައަކަށް ވެފައިވާ ފަރާތެކެވެ.

އެ ހިތާާމައިގެ އިހުސާސުގައި އެފަރާތްތައް ޣަރަގުވަމުން ދިޔަ ހިނދު، އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ރާއްޖޭގެ ވިޔަފާރި ކުންފުންޏެކެވެ. އޭޑީކޭ ޓްރޭޑިންގްގެ ފަރާތުން ރާއްޖޭގެ ނިކަމެތި އާއިލާތަކަށް އެހީވުމުގެ ސިލްސިލާާގެ ދަށުން މިފަހަރު އެހީތެރިވީ މި އާއިލާއަށެވެ.

އެގޮތުން އެ ކުންފުނިން ވަނީ އެ އާއިލާ ދިރިއުޅެމުންދިޔަ ބާ ޖިފުޓިގަނޑު، ދިރިއުޅެވޭ ފެންވަރުގެ ރަނގަޅު ތަނަކަށް ބަދަލުކޮށްލައި އެތަނަށް ފަރުނީޗަރުތައް ވައްދާފައެވެ. އެގޭގެ ސްކޫލަށް ދާ އުމުރުފުރައިގެ ކުއްޖާ އަލުން ސްކޫލަށް ވައްދައި، އުފާވެރި ދުވަސްތަކެއްގެ ބިންގާ އަޅައިދީފައެވެ.

މި ހުރިހާ ކަމެއްވެސް މުޅިން ހިލޭ ސާބަހަށެވެ. ހެޔޮކަމުގެ އަތެއް ދިއްކޮށްލުމުގެ މަތިވެރި ނިޔަތުގައެވެ.

Advertisement

ކޮމެންޓް