ރޭ ހިނގި ފޭރުމުގެ ހާދިސާގައި ޝާމިލްވާމީހުން ހައްޔަރުކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ..
ހަބަރު
19 Jul 2025 | 15:33
ތަނަކަށް ވައްދައި ތޫނުއެއްޗަކުން ބިރުދެއްކުމަށްފަހު އެކައުންޓްގައި ހުރި ފައިސާކޮޅު ފޭރިގަނެފި

ތަނަކަށް ވެއްދައި ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު އެކައުންޓްގައި ހުރި ފައިސާ ފޭރުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ތޫނު އެއްޗަކުން ބިރުދައްކައި ފައިސާ ފޭރުމުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް ރޭގެ 23:57 ހާއިރު އައިސްފައިވާކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ހެންވޭރު ލޮނުޒިޔާރަތްމަގުގަ އެވެ. މި މައްސަލައާއި ގުޅިގެން 2 މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެއީ ނ. ވެލިދޫ، ފަރީސާ މަންޒިލް، ލުޖައިން މުޙައްމަދު (23އ)، އާއި ކ. މާލެ، ހ. ކަނޑުފިނިގެ މުޙައްމަދު ޝަފީޢު (55އ) އެވެ.

ފުލުހުން ބުނީ ފޭރުނުކަމަށް ތުހުމަތުކުރެވޭ 2 މީހުން އެ ސަރަހައްދުގައި ހުރި ގެއެއްގައި ތިބިކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން އެގެޔަށް ވަންނަން އުޅުމުން އެމީހުން ވަނީ ފުލުހުންނާ ކުރިމަތިލާ މާރާމާރީ ހިންގަން މަސައްކަތްކޮށްފައި ކަމަށެވެ. އެ ދެމީހުންގެ އަމަލުތައް ހުރި ގޮތުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް އެމީހުން ހައްޔަރުކޮށްފަ އެވެ.

އެ ދެމީހުން ހައްޔަރުކުރަންް އުޅުމުގެ ތެރޭގައި ފުލުހުންނާ ކުރިމަތިލާ މާރާމާރީ ހިންގުމުގެ ސަބަބުން ފުލުހަކަށްވެސް ވަނީ އަނިޔާވެފައެވެ. 

މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރެވުނު ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތަކަށް އެމީހުން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ފޭރުނު މައްސަލަ އާއި ފުލުހުނަށް ހަމާލާދީ ވަޖިބު އަދާކުރަމަށް ހުރަސް އެޅި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.