އެމްޑީޕީ ޕީޖީ ގުރޫޕްގެ މެންބަރުން އެމްއެމްއޭގައި: ފޮޓޯ/ އެމްޑީޕީ
ހަބަރު
21 Jul 2025 | 14:09
ޑޮލަރުގެ މައްސަލަ ހައްލު ނުވާ ކަމަށް ބުނެ އެމްޑީޕީ ޕީޖީ، ގަވާރުނަރާ ބައްދަލު ކުރަން އެމްއެމްއޭއަށް

ޑޮލަރުގެ ޑޮލަރުގެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްވެފައިވާތީ އެކަމާ ކަންބޮޑުވުންފާޅުކޮށް، އެމްޑީޕީ ޕާލަމަންޓްރީ ގުރޫޕް ގަވަރުނަރު އަޙްމަދު މުނައްވަރާއި ބައްދަލުކުރައްވަން ވަޑައިގެންނެވުމުން ބައްދަލުކުރައްވަން އިންކާރު ކުރެއްވި ކަމަށް އެޕާޓީން ބުނެފިއެވެ.  

އެމްޑީޕީން ބުނެފައިވާ ގޮތުން އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުން ގަވަރުނަރާއި ބައްދަލުކުރެއްވީ މައިގަނޑު ދެ މައްސަލައެއްގައެވެ. އެއީ، ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުންދާއިރު އެކަމުގައި އެއްވެސް ބަހެއް ވިދާޅު ނުވެ ހުންނަވާތީ އާއި ދައުލަތުގެ ރިޒާވު ބޭނުންކޮށްގެން ރަސްމާލެ ހިއްކަން ފައިސާ ދައްކާ ކަމަށްބުނެއެވެ.

އެ ބައްދަލުވުމާއި ގުޅިގެން މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ގަވަރުނަރާއި ބައްދަލުކުރައްވަން ވަޑައިގެންނެވީ، ރައްޔިތުންނާއި ޚާއްސަކޮށް ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް ކަމަށެވެ. 

ނަމަވެސް ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް، ގަވަރުނަރު ބިރުން ހުންނަވައި އަޅުގަނޑުމެންނާ ބައްދަލުކުރަން ނުޖެހޭނެ ގޮތަކަށް ވިދާޅުވެ، އެ ވަޑައިގެންނެވީ.

އެމްޑީޕީ ޕާލަމަންޓަރީ ގުރޫޕްގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް އިތުރަށް ވިދާޅުވީ، ގަވަރުނަރަށް ލިބިފައިވާ ބާރުތައް ކެންޑިފައިވާ ކަމަށާ، އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަންވެސް އެބޭފުޅާއަށް އެނގިނުލައްވާ ކަމަށެވެ. އެހެންކަމުން، ގަވަރުނަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަވެސް މަޖިލީހަށް ވައްދަން ބޭނުންވާ ކަމަށާ، ނަމަވެސް އެމްޑީޕީގެ އެންމެ 12 މެންބަރުން ތިބުމުން އެކަން އެގޮތަށް ކޮށްގެންވެސް ގަވަރުނަރު މަގާމުން ވަކިކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. 

މައުރޫފް ވިދާޅުވީ، ޑޮލަރުގެ މައްސަލާގައި ރައްޔިތުންނަށް ދެއްވާނެ ޖަވާބެއް ގަވަރުނަރުގެ ނެތް ކަމަށާ، އެ މައްސަލަ ހައްލުވާނެ ކަމުގެ އަލިމަގެއްވެސް ފެންނަން ނެތް ކަމަށެވެ.

އެހެންކަމުން، ޑޮލަރުގެ މައްސަލައާއި ގުޅިގެން ކަންބޮޑުވުން ހުރި ހުރިހާ ފަރާތްތަކުން މާދަން 11:00 ގައި އެމްއެމްއޭ ކުރިމައްޗަށް އައުމަށް އެމްޑީޕީން ވަނީ އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.