2030 އަންނަ އިރު އިންޑިޔާގެ ބޮޑުބަޔެއް ބޯފެނާއި ނުލައި!

02 Jun 2019 | 12:03

2030ވަނަ އަހަރު އަންނަ އަންނަ އިރު އިންޑިޔާގެ 40 އިންސައްތަ އެއްހާ މީހުން ސާފު ބޯފެން ލިބުމުން މަހުރޫމްވެގެންދާނެކަމަށް އެގައުމުގެ ތިންކް ޓޭންކެއްގެ ދިރާސާއަކުން ދައްކައިފިއެވެ.

އެގައުމުގެ ސަރުކާރާއި ގުޅިފައިވާ ތިންކްޓޭންކެއް ކަމުގައިވާ އެންއައިޓީއައި އާޔޯގްއިން ބުނީ 2030ވަނަ އަހަރު އަންނަ އިރު އެގައުމުގެ ބޮޑުބަޔަކަށް ސާފު ބޯފެން ނުލިބޭނެކަމަށާއި 2020 އަންނަން ވާއިރަށް އެގައުމުގެ 100މިލިޔަނެއްހާ މީހުންނަށް ސާފު ބޯފެން ނުލިބޭނެކަމަށެވެ.

އެގޮތުން ދިއްލީ، ހައިދަރްއާބާދު، ޗެންނާއި އަދި ބެންގަލޫރުގެ ގިނަބަޔަކަށް ބިމުއަޑީން ނެގޭ ބޯފެން ލިބުމުގައި ދަތިތަކާއި ކުރިމަތިލާންޖެހޭނެކަމަށް އެފަރާތުން ވަނީ ލަފާކޮށްފައެވެ.

އިންޑިޔާގައި ކޮންެމެ އަހަަރަކުވެސް ސާފު ބޯފެން ނުލިބި ދެލައްކައެއްހާ މީހުން މަރުވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

Advertisement

ކޮމެންޓް